އިންޑިޔާއަކީ މިލިއަނަރުންނާއި ބިލިއަނަރުން ވަރަށް ގިނަ ގައުމުކެވެ. މި ހުރިހާ އެންމެންގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވެނީ އިންޑިޔާގެ ކުޑަކުޑަ އަވަށެއްގެ މިލިއަނަރުންނެވެ.

ފަގީރު އަވަށެއްގެ ގޮތުގައި އޮތް ހިވަރޭ ބާޒާރުއަކީ 1989 ވަނަ އަހަރު 1250 މީހުންގެ އާބާދީއެއް އޮތް އަވަށެކެވެ. މި އަވަށުގެ މީހުންގެ މުސްތަގުބަލު ބަދަލުވެގެން ދިޔައީ 1990 ވަނަ އަހަރު އެ އަވަށުގެ ވެރިއެއްގެ ގޮތުގައި ހަމަޖެހުނު ޕޮޕެޓްރޯ ބަގޫޖީ ޕަވަރުގެ މަސައްކަތުންނެވެ.

ޕޮޕެޓްރޯ އެންމެ ފުރަތަމަ ވެސް އަވަށުގައި މަސްތުވާތަކެތި ބޭނުން ކުރުން މަނާކުރިއެވެ. އެއަށްފަހު އަވަށަށް ފެން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސިއެވެ. މިގޮތުން އެތައް ފެންވަޅުތަކެއް އަވަށުގައި ގާއިމު ކުރެވުނެވެ.

މި ފެންވަޅުތަކުގެ ސަބަބުން އެ އަވަށުގެ އެންމެން ވެސް ދަނޑުވެރިކަން ކުރަން ފެށިއެވެ. ގަސްތަކަށް ފަސޭހައިން ފެން ލިބޭ ގޮތްވުމުން ދަނޑުވެރިކަން ފެށި މި އަވަށުގައި އެންމެ ފުރަތަމަ ހައްދާފައިވަނީ މަދުން ފެން ބޭނުންވާ ޒާތުގެ ގަސްގަހެވެ.

އެއިރުގެ މަސައްކަތުން މިހާރު މި އަވަށް ވަނީ މުޅިން ބަދަލުވެފައެވެ.

އެ އަ އަވަށުގެ ކުރީގެ ހާލަތަށް ބަލާއިރު، 1995 ވަނަ އަހަރު އެ އަވަށުގައި ދިރިއުޅެމުންދިޔަ 182 އާއިލާގެ ތެރެއިން 168 އާއިލާއަކީ ފަގީރުންނެވެ. ނަމަވެސް މިއަދު އެ އަވަށުގައި އެއްވެސް ފަގީރެއް ނެތެވެ.

އެ އަވަށު މުއްސަނދި މީހުން އިތުރުވުމާއި ގުޅިގެން އަވަށުގެ ރައްޔިތުންގެ އަމިއްލަ ހަރަދުގައި ސިއްހީ މަރުކަޒާއި، ސުކޫލާއި އެހެނިހެން ވެސް މުހިންމު ތަންތަން އިމާރާތް ކުރެވި ހިދުމަތް ދޭން ވަނީ ފަށައިފައެވެ.

މިހާރު 235 އާއިލާ ދިރިއުޅެމުންދާ މި އަވަށުގައި 60 މިލިއަނަރުން އުޅެއެވެ. އެއިން ކޮންމެ މީހަކީ ވެސް ދަނޑުވެރިއެކެވެ. މިއިން ކޮންމެ މީހަކަށް ވެސް މަހަކު 30،000 އިންޑިއަން ފައިސާއަށް ވުރެ ގިނަ ފައިސާ ލިބެއެވެ. މިއީ އިންޑިޔާގައި ކެޕިޓަލް އިންކަމް އެންމެ ބޮޑު އަވަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޔާޔާ

  ހަބަރު ކިޔާ ނިމުނުއިރުވެސް އަވަށުގެ ނަމެއް ނުފެނުނު
  ތީ ނޫސް ވެރިކަމަކީ

  16
  1
  • ނޯނޭމް

   އެއަވަށަޢްކިޔަނީ ނޯނޭމް

  • މަމޮޅޭ

   ފުރަތަމަ ޖުމްލަ ކިޔާލިނަމަ ނަންވެސް އެނގޭނެހެން ހީވެ! އަޖާއިބު އަންތަރީސްވެއްޖެ ކަލޭމެންގެ ކޮމެންޓްތައް ބަލާފައި.

  • ޅޯ

   ލޮލަށް ބޭސްކުރަން ފެނޭ

 2. ޞޮފޭ

  މަހަކު 30،000 އިންޑިއާ ރުޕީސް ލިބިގެން މިލިއަނަރުންނަށް ވޭތޯ؟ ނޫސްވެރިކަން ހަމަ ހަބޭސް. ސާބަހޭ އެކޮއި.

  4
  2
 3. ނަރެންދުރަ ސޮލައިމޮން

  މިއިން ކޮންމެ މީހަކަށް ވެސް މަހަކު 30،000 އިންޑިއަން ފައިސާއަށް ވުރެ ގިނަ ފައިސާ ލިބެއެވެ.

  އެހެންވީމަ މިއަދު މަށަށް އެގިއްޖެ އިންޑިއާ ރުޕީސް އިން ބަލަންޏާ މަށަކީވެސް މިލިއަނަރެއްކަން

  15
  1