ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑަލް ޝޯ ހުށަހަޅައިދޭ އާދިތުޔާ ނާރާޔަންއާއި އޭނާގެ އަންހެނުން ޝުވެތާ އަގަރްވާލްއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފިއެވެ.

''ޕްރގްނެންސީ ފޮޓޯ ޝޫޓް'' ގެ ތެރެއިން ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް އާދިތުޔާއާއި ޝުވެތާ ވަނީ މި އުފާވެރި ޚަބަރު އެންމެންނާއި ހިއްސާ ކޮށްފައެވެ.

މި ޕޯސްޓު ހިއްސާކޮށް އާދިތުޔަ ބުނެފައިވަނީ ވަރަށް އަވަހަށް އެމީހުންނަށް ދަރިއަކު ލިބޭނެ ކަމަށާއި އެ ޚަބަރު އެންމެންނާއި ހިއްސާ ކުރަނީ ވަރަށް އުފަލުން ކަމަށެވެ.

ސޯފާއެއްގައި އިށީނދެގެން އިން އާދިތުޔާއާއި ތިރީގައި އިށީނދެ އިން މި ފޮޓޯގައި ޝުވެތާ ވެސް ވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކޮށްފައެވެ. ޝުވެތާގެ މި ޕޯސްޓަށް ކޮމެންޓްކޮށް އާދިތުޔާ ބުނެފައިވަނީ އޭނާގެ ''ކުއިޓީ ޕައި'' އިތުރު ''ކިއުޓީ ޕައި'' އެއް ހޯދައިދެނީ ކަމަށާއި އެ ދުވަހަށް ކެތްމަދުވެފައިވާ ކަމަށެވެ.

އާދިތުޔާއާއި ޝުވެތާ އެންމެ ފުރަތަމަ ދިމާވީ އެ ދެމީހުން އެކުގައި ކުޅުނު ފިލުމު ''ޝާޕިތު'' ގެ ޝޫޓިންގެ ތެރެއިންނެވެ. މި ސެޓުގެ ތެރެއިން ދެމީހުންނަށް ވެވުނު ލޯބި ކައިވެންޏާއި ހަމައަށް ގޮސްފައިވަނީ އޭގެ ދިހަ ވަރަކަށް އަހަރު ފަހުންނެވެ.

ކައިވެންޏާއި ހަމައަށް މި ދެމީހުންގެ ލޯބި ސިއްރު ކޮށްފައިވެއެވެ. އާދިތުޔާއާއި ޝުވެތާ ކައިވެނި ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އާދިތުޔާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރާޔާންގެ ދަރިއެކެވެ. އުމުރުން 34 އަހަރުގެ އާދިތުޔާއަކީ ބޮލީވުޑު އިންޑަސްޓްރީގެ ފިލުމުތަކަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ ފަންނާނެކެވެ.

އާދިތުޔާއަކީ ލަވަކިޔުމުގެ އިތުރުން ''އިންޑިއަން އައިޑަލް''، ''ސާރެގަމަޕަ ލިލް ޗެމްޕްސް'' ފަދަ ޝޯތައް ހުށަހަޅާދީފައިވާ ފަންނާނެކެވެ

ކިޔުންތެރިންގެ ހިޔާލު