އެމެރިކާގެ އެކްޓްރެސް އަދި ޑައިރެކްޓަރެއް ކަމުގައިވާ ރެޖީނާ ކިންގްގެ ހުރި ހަމައެކަނި ދަރިފުޅު އިއާން އެލެކްސެންޑަރ އަމިއްލައަށް މަރުވެއްޖެއެވެ. އިއާން މަރުވިއިރު، އޭނާގެ އުމުރަކީ 26 އަހަރެވެ.

މިދިޔަ ހުކުރު ދުވަހު ރެޖީނާ ނެރުނު ބަޔާނެއްގައި ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

''އަހަރެންގެ ދަރިފުޅު އިއާން މަރުވުމުގެ ހިތާމަ އާއިލާއިން ދަނީ ކުރަމުން. އިއާންއަކީ ވަރަށް ވިސްނުންތޫނު އަދި އެހެން މީހުންގެ އިހުސާސް ތަކާއި އެހެން މީހުންގެ އުފާތަކާއި މެދު ވަރަށް ފުންކޮށް ވިސްނާ ޒުވާނެއް. މި ވަގުތު އާއިލާއަށް ޕްރައިވެސީ ދިނުމަށް އެދެން'' ރެޖީނާ ބުނެފައިވެއެވެ.

އެކަޑަމީ އެވާޑު ހާސިލު ކޮށްފައިވާ ރެޖީނާގެ ފިރިހެން ދަރިފުޅަކީ އޭނާގެ ބައްޕައެކޭ އެއްފަދައިން މިޔުޒިކުގެ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ''ޑީޖޭ އާޓިސްޓް'' އެކެވެ.

އިއާންއަށް 26 އަހަރު ފުރުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އިއާންއަކީ އޭނާގެ ފަހުރު ކަމަށް ރެޖީނާ ބުނެފައިވެއެވެ.

ރެޖީނާއާއި އިއާން ވެސް ވަނީ އެކަކު އަނެކަކު ދެކެވާ ލޯބި މީސް މީޑިޔާގައި ވެސް ހިއްސާ ކޮށްފައެވެ.

ދަރިފުޅު އިއާންގެ މަސައްކަތަށް ހިތްވަރު ދީ ޕްރޮމޯޓް ކޮށްދިނުމަށް ރެޖީނާގެ އިންސްޓަގުރާމުގައި ޕޯސްޓުތައް ކޮށްފައިވާ އިރު އިއާން ވެސް ވަނީ ރެޖީނާގެ އުފަން ދުވަހު ހާއްސަ ޕޯސްޓެއް ކޮށްފައެވެ.

މި ޕޯސްޓުގައި ރެޖީނާއަކީ އޭނާއަށް ކިހާ މުހިއްމު މީހެއް ކަމާއި އިއާންގެ މަންމައަށް ވީތީ އެކަމާ އުފާވާ ކަމާއި ލޯބިވާކަން ހާމަ ކޮށްދީފައިވެއެވެ.

ރެޖީނާ ކުޅެފައިވާ ބައެއް ފިލުމު ތަކަކީ ''ދި ހާޑާ ދޭ ފޯލް''، ''ވޮޗްމެން'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    "އިއާންއަކީ ވަރަށް ވިސްނުންތޫނު އަދި އެހެން މީހުންގެ އިހުސާސް ތަކާއި އެހެން މީހުންގެ އުފާތަކާއި މެދު ވަރަށް ފުންކޮށް ވިސްނާ ޒުވާނެއް. " ވިސްނުން ތޫނު ކަމާއި އެހެން މީހުންގެ އިހުސާސްތަކާ އުފާތަކަށް ފުންކޮށްވިސްނާ މީހަކު އަމިއްލައަށް މަރެއް ނުވާނެ ! ތީ ހަމަ ޖާހިލުން !

    34
    3
    • ގަރު

      ވިސްނުން ތޫނު އެހެންމީހުންގެ އިހުސާސްތައް ދަންނަ މީހަކަށް މަންމައަށް ކުރާނެ އަސަރު ނުވިސްނުނު

  2. ޝަރަފިއްޔާ

    ވިސްނުމެއް ހުރި އެކަކުވެސް އަމިއްލައަށް މަރު ނުވާނެ ،،،،،

    16