ބުޅަލަކީ ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ގެންގުޅެން ހިތްވާ ޖަނަވާރެވެ.

އޮޅުކޮށްގެން ބުޅާ ގެންގުޅޭ ވަރަށް ގިނަ ފަރާތްތަކުން ވަނީ ބުޅަލާއި ކިއުކަމްބާގެ ވީޑިއޯތައް މީސް މީޑިޔާގައި ހިއްސާ ކޮށްފައެވެ. މިގޮތުން ބުޅަލެއްގެ ކައިރީގައި ނުވަތަ ފަހަތުގައި ކިއުކަމްބާއެއް ބާއްވާފިނަމަ ބިރުން އެ ބުޅާ އުޅޭ މަންޒަރު ދައްކުވައިދޭ އެތައް ވީޑިއޯއެއް މީސް މީޑިޔާގައި ދައުރުވަމުންދެއެވެ.

ބުޅާ ކިއުކަމްބާ އަށް ބިރުގަންނަކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ބިރުގަންނަނީ ކީއްވެކަން އެނގޭ ހެއްޔެވެ؟

''ޗޭސިން ޑޮކްޓަރ ޑޫ ލިޓްލް: ލާނިންގ ދަ ލޭންގުއޭޖު އޮފް އެނިމަލްސް'' ފޮތް ލިޔުނު ލިޔުންތެރިޔާ އަދި ''އެނިމަލް ބިހޭވިއަރިސްޓެއް ކަމުގައިވާ ކޮން ސްލޮބޮޗިކޮފް ބުނެފައިވަނީ ބުޅަލަކީ ހަރުފަ ދެކެ ވަރަށް ބިރުގަންނަ އެއްޗެއް ކަމަށެވެ.

''ބުޅަލަށް ކިއުކަމްބާ ބޮޑަށް ވައްތަރު ވަނީ ހަރުފައާ. އެހެންކަމުން އެ ހަރުފައިން އައިސްދާނެ ހަމަލާއަކަށް ބުޅާ ވަރަށް ބިރުގަނޭ'' ކޮން ބުނެފައިވެއެވެ.

ކޮން ބުނެފައިވާ ގޮތުގައި ކިއުކަމްބާ ހުންނަ ގޮތުން ހަރުފައަކާ ވައްތަރު ނޫން ނަމަވެސް ބުޅަލަކަށް ނޭނގި އޭތީގެ ފަހަތަށް ނުވަތަ ކައިރީގައި ކިއުކަމްބާއެއް ބާއްވާފިނަމަ ހަރުފައިން ސަލާމަތްވުމަށް ބުޅާ ގެންނަ ހަރަކާތްތައް ގެންނާނެއެވެ.

ނެޝަނަލް ޖިއޮގްރަފީގެ އެނިމަލް ބިހޭވިއަރިސްޓެއް ކަމުގައިވާ ޖިލް ގޯލްޑްމެން ބުނެފައިވަނީ ކުއްލިއަކަށް ކައިރީގައި ކިއުކަމްބާއެއް އޮތްތަން ފެނިއްޖެ ނަމަ ބުޅާ ދުވެފައި ދުރަށް ދާނެ ކަމަށެވެ. އަދި އެއަށްފަހު ތަންކޮޅެއް ދުރުން އެއީ ކޮން އެއްޗެއްތޯ ބަލައި ޔަގީން ކުރާނެއެވެ.

ޖިލް ބުނެފައިވަނީ މަޖަލަކަށް ހަދާފައި ނުވަތަ ތަޖުރިބާ ކުރުމުގެ ގޮތުން ވެސް ބުޅަލަށް ނޭނގި އޭގެ ކައިރީގައި ކިއުކަމްބާ ނުބެހެއްޓުމަށެވެ. އެއީ އެ ސަލާމަތްވާން އުޅުމުގެ ތެރޭގައި ލިބިދާނެ އަނިޔާއަކަށް ބަލާފައެވެ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާލޭ މީހާ

    ދާންވީ މުޅި މާލެ އެއްކޮޅުން އަނެއްކޮޅަށް ކިއުކަމްބަރ އަޅަން.😍 އޭރުން މިއުޅޭ ބުޅާތަކުގެ އުނދަގުލުން ސަލާމަތްވާނެއްނު😌

    33
    7
  2. އީވާ

    ހައްހައްހާހހހހހހހހހހހހހހހހހހހހ

  3. ބުޅާ

    ރާއްޖޭގަ ވިހައިގެން އުޅޭ ބުޅަލަކަށް ނޭނގެޔޯ ހަރުފަ އެއީ އުޅޭ އެއްޗެއް ކަމެއް ވެސް ނުވެސް ދެކެމޯ. އަންހެން ބުޅަލޯ ކިއުކަމްބަ އަށް ބިރުން އުޅެނީ.

  4. ބެރީ

    ތި ޓްރިއިކުރިން. މަގެންގުޅޭ ބުޅާތައް ބިރެއްނުގަނޭ.