ލޯބީގެ ގޮތުން ގުޅިގެން ކައިވެންޏާއި ހަމައަށް ދަތުރު ކުރަމުން ދާދުވަސް ވަރަކީ ވެސް ލައްކަ ގިނަ ތަޖުރިބާތައް ކުރަން ޖެހޭ ދުވަސް ވަރެކެވެ. މިދުވަސްވަރު ބައެއް އަންހެނުންނަށް ތަޖުރިބާ ކުރަން ޖެހޭ އެއްކަމަކީ އެމީހުންގެ ލޯބިވެރިޔާ މާރުޅިގަދަ ވުމެވެ. ލޯބިވެރިޔާ ކުއްލިއަކަށް ބުނެލާ ބަހަކުން މުޅި ދުވަސް ހަރާބު ވެގެން ދެއެވެ. އޭނާ އާއިއެކު ކުރިއަށް ދިއުމާއި މެދު ވިސްނާލަން ޖެހޭ ފަދަ "މީން" ބަސްތައް ވެސް ބައެއް ފިރިހެނުން ބުނެލަނީ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ. އެއީ ކީއްވެ ހެއްޔެވެ؟

މިކަމާއި ގުޅިގެން ވާހަކަ ދައްކާފައިވާ ބައެއް ތަޖުރިބާކާރުން ވަނީ ފިރިހެނުން ރުޅިގަދަވާ ބައެއް ސަބަބުތަކާއި އަދި އެމީހުން ލޯބިވެރިންނާއި ދިމާއަށް ހިތުގައި ޖެހޭ ބަސްތައް ބުނެލާ ބައެއް ސަބަބުތަކާއި ބެހޭ ގޮތުން ލިޔުންތައް ލިޔެފައެވެ. އޭގެތެރެއިން ބައެއް ވާހަކަތައް އަހަރެން ވެސް ނަކަލު ކޮށްލާނަމެވެ.

އޭނާ ސީރިއަސްއެއް ނޫން

ލޯބިވެރިޔާގެ ފަރާތުން އާއްމު ގޮތެއްގައި ތިބާގެ ހިތައް އަސަރު ކުރުވާފަދަ ބަސްތައް އާއްމު ވާނަމަ އޭގެ އެއްސަބަބަކީ ތިގުޅުމާއި މެދު އޭނާގެ ސީރިއަސް ކަމެއް ނެތެވެ. ތިބާ ގެއްލުނަސް، ނުވަތަ ތިބާ އޭނާ ދޫކޮށްލާފައި ދިޔަ ނަމަވެސް އޭނާ އަށް ކުރާނެ މާބޮޑު އަސަރެއް ނޯންނާނެއެވެ. ތިގުޅުން އެއީ ސީރިއަސް ގުޅުމެއް ކަމަކަށް އޭނާ ނުވިސްނައެވެ.

ދެމީހުންގެ ދެމެދުގައި ވާހަކަ ނުދެކެވުން

ދެމީހުންގެ ދެމެދުގައި ކަންކަމާއި މަޝްވަރާކޮށް ވާހަކަ ނުދެކެވޭނަމަ އެކަމުގެ ސަބަބުން އުފަންވާ އަދި އިތުރު އެތައް މައްސަލައެއް ހުރެއެވެ. ތިދެމީހުންގެ ދެމެދުގައި ރަނގަޅަށް ވާހަކަ ނުދެކެވުމުގެ ނަތީޖާ އަކަށް ވަނީ އެކަކުގެ އިހްސާސްތައް އަނެކަކަށް ނޭނގުމެވެ. އެކަކު ތަހައްމަލް ކުރަމުން ގެންދާ ކަންކަން އަނެކާއަށް ނޭނގުމެވެ. އެހެންކަމުން ލޯބިވެރިޔާ ހުރި ހާލަތެއް ނޭނގި ތިބާ އަށް ވެސް ބުނެވޭ އެއްޗަކުން މައްސަލަތައް އުފެދި ތިބާ އާއި ދިމާއަށް އޭނާ ވަރަށް ހިތުގައި ޖެހިދާނެ އެއްޗެއް ބުނެފާނެއެވެ. އެހާލަތުން ސަލާމަތް ވެވެން އޮންނާނީ ދެމީހުންގެ ދެމެދުގައި ރަނގަޅަށް މަޝްވަރާ ކުރެވި އެކެއްގެ ހާލަތު އަނެކަކަށް ރަނގަޅަށް އެނގިގެންނެވެ.

އެޑިކްޝަން

ރުޅިގަދަވުން ގުޅިފައި އޮންނަ އެއްކަމަކީ އެޑިކްޝަން އާއިއެވެ. އޭނާ އެއްވެސް ސަބަބަކާއި ނުލައި ރުޅި އަންނީ އޭނާ އަކީ ކޮންމެވެސް އެއްޗަކަށް އެޑިކްޓް ވެފައިވާ މީހަކަށް ވާތީ ކަމަށް ވެދާނެއެވެ. ނަމަވެސް އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލަން ޖެހެއެވެ.

ދިރިއުމުގެ ރީތި އާދައެއް ދަސްވެފައި ނެތުން

ބައެއް މީހުންނަކީ ދިރިއުޅުމުގެ ރީތި އާދަތައް ދަސްވެފައިވާ ބައެއް ނޫނެވެ. އެހެންކަމުން އެމީހުންނަށް އެމީހުންގެ ލޯބިވެރިންނާއި ނުވަތަ އަނބިންނާއި ވާހަކަ ދައްކަން ޖެހޭ ރީތި ގޮތެއް ވެސް ނޭނގެއެވެ. ތިބާގެ ލޯބިވެރިޔާ ތިބާ އާއި ދިމާއަށް ހިތަށް އައިހައި އެއްޗެއް ކިޔާ އެއްސަބަބަކީ އޭނާ އަށް ރީތި އާދަތައް ދަަސްވެފައި ނެތުން ކަމަށް ވެދާނެއެވެ. އެހެންކަމަށް ވާނަމަ ރީތި އާދަތައް ލޯބިވެރިޔާ އަށް ދަސްކޮށްދިނުމުގެ އުނދަގޫ މަސައްކަތް ތިބާ އަވަހަށް ފަށާށެވެ.

ދެމީހުންގެ ބޭނުންތައް ތަފާތު

ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހަކީ ތިބާ އާއި ހުރިހާ ކަމެއްގައި ހިޔާލު އެއްގޮތް މީހަކަށް ނުވެދާނެއެވެ. ނަމަވެސް އެކުގައި ދިރިއުޅުން ކުރިއަށް ގެންދެވޭނީ ދެމީހުން ވެސް އެއް އަމާޒަކަށް ދަތުރު ކުރާނަމައެވެ. ދެމީހުންގެ މަންޒިލް ތަފާތުވެ ދެމީހުން ހާސިލް ކުރަން ބޭނުންވާ ކަންކަން ތަފާތު ވެއްޖެނަމަ ދެމީހުންގެ ދެމެދުގައި މައްސަލަތައް ޖެހުން އިތުރު ވާނެއެވެ. ދެބަސްވުންތައް ގިނަވާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ކަންހިނގާ ގޮތެވެ.

ނިންމާލުމުގެ ކުރިން ބުނަން އޮތް ވާހަކައަކީ އެއްވެސް ގުޅުމެއް ދެމެހެއްޓުން އެއީ ފަސޭހަ ކަމެއް ނޫނެވެ. ހުރިހާ ކަމެއްގައި ވިސްނުން އެއްގޮތްކޮށް އިތުރު މީހަކާއި އެކު އުމުރު ދުވަހު އުޅުން އެއީ ފަސޭހަ ކަމެއް ނޫނެވެ. ހަމައެކަނި ލޯބި ވުން އެއީ އަދި ގުޅުމެއް ދެމެހެއްޓުމުގެ ހުރިހާ ޝަރުތެއް ހަމަވުމެއް ވެސް ނޫނެވެ. ގުޅުމެއް ކުރިއަށް ގެންދެވޭނީ މިހުރިހާ ކަމެއް ގަބޫލުކޮށް އެކަކު އަނެކަކަށް އިހްތިރާމް ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޖައްބު

    އަންހެނުން ހަދާ ގިނަ މަކަރުތަށް ފިރިހެނުންނަަށް ފަސޭހައިން އެނގޭތީ އެރުޅި އަންނަނީ ،،، ގިނަ އަންހެނުން މަތި އޮމާންވަަނެ ،

    16
    15
    • Anonymous

      ކީއްވެ އަބަދު އަންހެނުން ބްލޭމް ކުރަނީ

      20
      8
      • ޢަހަންމަަ

        ފިރިހެނުން ރުޅިއަންނަ ވާހަކަަ ދޯ މިއޮތީ އަންހެނުން ޖައްސާ ވައްތަރުތަކުގެ ވާހަކައެއް ނޫން ދޯ

        11
        4
    • ރޭސް

      އެއަށް ކިޔަނީ ޝައްކުބަލި ރީތިގޮތެއް ނޭނގޭދޯ ރުޅިގަދަނުކޮށް ވަކިވާނީ.

      14
      1
  2. ބުޅާ

    ނަބަވީ ޙަދީޘްފުޅުތަކުން އެނގޭ، އަންހެނުންނަކީ ޝުކުރުވެރިނުވާ ހަރާންކޯރު ބައެއްކަން. ނަރަކައިގެ އެންމެ އަންހެނުން ގިނައީވެސް އެމީހުންގެ ފިރިންނަށް ޝުކުރުވެރި ނުވުމުގެ ސަބަބުން. ފިރިހެނުން ދުވާލުދާ ހަތަރު ދަމު ބުރަ މަސައްކަތްކޮށްފަ ގެއަށް އަންނައިރު އަންހެން މީހާ ހުންނާނެ ހަންޑިއެއްހެން ހެދިގެން ޝަކުވާ ބޮނޑިތައް ހިފައިގެން. ފިރިމީހާއަށް އޭނާގެ ފުށުން ލިބޭ ހިތްހަމަ ޖެހުމެއް އަރާމެއް ނޯވޭ. ދެން ރުޅި އައިމަ ރުޅިއައި ވާހަކަ ދައްކާނެ ތިބެ.

    14
    18
    • ބުނެލީ

      ހަމައެކަނި އަންހެނުންނަކަށް ނޫން އޮންނަނީ ޝުކުރުވެރި ނުވާ އަދި ހަރާން ކޯރު ބައެއް ކަމަށް...އާއްމުކޮށް އިންސާނާގެ މުޅިނަފްސަށް ނިސްބަތްކޮށް އެއީ 2 ޖިންސައްވެސް ހާއްސަ..ދެން ނަރަކައިގަ އަންހެނުން ގިނައީ ހަމައެކަނި ފިރިންނަށް،ޝުކުރުވެރި ނުވުމުންނެއް ނޫން..އަވަހަށް މަގު އޮޅޭ އަދި ކުރެވޭ އެހެނިހެން ފާފަތަކުގެ ސަބަބުންވެސް...އަދި ބުނަން...ތިމާގެ އަނބިމީހާއަކީވެސް ތިމާގެ ގެދޮރާއި ދަރިންނާ ބަލަން ގޭގެ ގިނަ ވަގުތު ހޭދަކުރާ ފަރާތެއް..ގޭތެރޭގަ މަސައްކަތާއި ދަރިން ބެލުމަކީވެސް ހާދަހާ ބުރަކަމެކޭ..ފިރިއެއްގެ އަޅާލުން ނުލިބި އެކަނި މިހުރިހާ ކަމެއް ކުރަންވީމަވެސް ޝަކުވާކުރާނެ..އަހަރެންވެސް ވ ރުޅި ގަދަވާ ވަައްތަރެއްގެ ބައެއް ފިރިހެނުން އުޅޭ..އެއީ އަނިޔާ ކުރާ ފިރިންނާއި ކައްކާފަ ހުންނަ އެއްޗެއްގެ ލޮނު ކުޑަކޮށް ގަދަވެގެން ނުވަތަ މަޑުވެގެން ރޯދަމަހު ރޯދަ ވީއްލާ ގަޑީގަ ތަށިތަކާއެކު މުޅި މޭޒު އެއްލާލާ ވައްތަރުގެ ފިރިން ނުވަތަ ފިރިހެނުން..މީ ދެން ވ.ކެތްތެރިކަން ކުޑަ ބައެއް..ބަލަ އަނބިމީހާވެސް ކާ އެއްޗެހި ތައްޔާރުކުރަނީ ތިމާވެސް ތަހައްމަލު ކުރަމުންދާ ބަނޑު ހައިކަމާއެކު،ގޭތެރޭގެ މަސައްކަތްތަކާ ދަރިންގެ ކަންކަންވެސް ކުރަމުންކަން މިމީހުންނަށް ނުވިސްނޭ..

      22
      2
      • ޝުޝް

        ނާހަން

  3. ބަށިކޯޓް

    ހިސާބަ ވުރެއް ލޭޒީ، މުޑުދާރު ވީމަ......

    10
    2
  4. މަރީނާ

    ފިރިހެނުންނަކީ ނެޗުރަލީވެސް އިމޯޝަންސް އަންޑަސްޓޭންޑްވުން ދަށް ބައެއް. އަންހެނުންހާ އެމީހުންވެސް ސެންސިޓިވް ނަމަ ވިސްނޭނޭ ދޫކޮށްލެވޭ ބަސްތަކުގެ ގޯސްކަން. މިހެން ބުންޏަސް މީގެ އިދިކޮޅު އަންހެނުން ވެސް ފިރިހެނުންވެސް މަދުމަދުން އުޅޭ

    8
    1
  5. ކޭ

    އެޑިކްޝަން ހުންނަ ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުން ރޯދަމަހު ދުވާލު އަދި ހާއްސަ ފޯރިއެއް އަރުވާލާފަ ހުންނާނެ

    16
  6. ފައިރޫޝް

    އަންހެނުންނަކީ މަކަރުވެރި ބައެއް. ލޯބިވާކަމަށް ހެދިގެން އުޅޭނީ އަސްލު ލޯތްބެއް ނުވާނެ. އަމިއްލަ އެދުން ވަރަށް ބޮޑުވާނެ.

    3
    17
    • ޝިއުނާ

      ޔެސް. ޖަސްނީޑް ލައިފް ސެޓެލްވާން. ބޭރޔ ފުށުން ހުރިހާ ކަމެއް ދާއްކާގެން ނުން އުޅެވޭނީ. ގިނަ މީހުންނަށް އެހެންވެސް އުޅެން ނޭންގޭތީ އެހެން ވަނީ؟

  7. އާދަމް

    ލިޔުން ފަށާފައިވަނީ، ކައިވެންޏަކާއި ހަމައަށް ދާންދެން ހިނގާ ލޯބީގެ ގުޅުންތަކުގެ ތެރެއިން އުފެދޭ ނުގުޅުންތަކަށް އަލިއަޅުވަމުންނެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް ރަނގަޅޭ ހީވިޔަސް މިއީ ރަނގަޅު ގޮތެއް ނޫނެވެ. ތަފްސީލަކަށް ދާކަށް ނެތީމެވެ. ދިވެހީންގެ ގިނަ ކަންކަން ވެސް ހުޅަނގުގެ ޘަޤާފަތުގެ ތެރެއަށް ވަދެ ނިމިއްޖެއެވެ.
    ދެން މި ލިޔުމުގައި ފާހަގަކޮއްލާ އަނެއް މައްސަލަޔަކީ ދެމަފިރިންނާއި ލޯބިވެރިންނާއި ދެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ. މިއީ ވެސް ހުޅަނގުގެ ޘަގާފަތެކެވެ. ލޯބިވެރިންގެ ގޮތުގައި ދިރިއުޅުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. ލޯބިވެރިންގެ ގޮތުގައި ދިރިއުޅުމަކީ އޭގެ ސަބަބުން އެތައް ފިތުނަޔަކާއި، ފާފަތަކަކަށް އަރައިގަނެވޭ ކަމެކެވެ. އެހެންކަމުން އަވަހަށް ކައިވެނިކޮއް ޙަޤީޤީ ލޯބިވެރިންގެ ގޮތުގައި ކުރިޔަށް ދާންވީއެވެ.

    10
    1