ދެކުނު އިންޑިއާގެ ތަލުގޫ ފިލްމެއް ކަމަށްވާ "ޕުޝްޕާ" އަށް ދިވެހިންގެ ތެރޭގައި ވެސް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.

ޕުޝްޕާއަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރި ފިލްމެކެވެ. 342 ކުރޯޑު(706 މިލިއަން ރުފިޔާ) ހަރަދުކޮށް އުފައްދާފައިވާ މި ފިލްމާ އޭގެ ލަވަތައް ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ވަނީ ވަރަށް ބޮޑަށް ވައިގައި ހިފައިފައެވެ.

ތަލުގޫގެ ކުޅަދާނަ ފިލްމީ ތަރި އައްލޫ އަރްޖުން މައިގަނޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ދެން ފެނިގެންދަނީ ރަޝްމިކާ މަންޑަންނާއެވެ. ލޯބީގެ ވާހަކަތަކެއްވެސް ހިމެނޭ މި ފިލްމުގެ އެކްޓިންގެ ވާހަކަ ނުދައްކާ މީހަކު މިހާރު މަދުވާނެއެވެ.

މި ފިލްމުގައި ފެނިގެންދަނީ އިންޑިއާގެ ވަކި ހިސާބަކުން ނޫނީ ނުލިބޭ ލަކުޑިއެއް ވަގަށް ވިއްކުމުގެ ވިޔަފާރިކުރާ ބަޔަކު ކުރާ ނުރައްކާތެރި ވިޔަފާރިއެވެ.

ފިލްމުގެ ގިނަ ލަވަތައް މިހާރުވެސް ޓިކްޓޮކްގައި ދައުރުވަމުންދާއިރު ތަފާތު ގޮތަކަށް އެކްޓު ކޮށްފައިވާ މި ފިލްމުގައި އައްލޫ އަށް މިހާރަށްވުރެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

މި ފިލްމުގެ ލަވަތައް ހަދާފައި ވަނީ ކުޅަދާ ލަވަ ޕްރޮޑިއުސަރ ދޭވީ ސްރީ ޕްރަސާދްއެވެ.

މި ފިލްމު ލިޔެ ޑައިރެކްޓްކޮށްފައި ވަނީ ސުކުމާރުއެވެ. މީތްރީ މޫވީ މޭކާސް އިން ޕްރޮޑިއުސްކޮށް ނެރުނު މި ފިލްމު ވަނީ ސިނަމާތަކުންވެސް ބޮޑު ކާމިޔާބެއް ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖުމުހޫރީ މައިދާނުން

    ނުވެސް ބަލަން

    1
    1
    • ސައްތާރު

      ނުބަލަ ނުބަލާ ހުރެބަލަ، ހޭބަލި ވަންދެން

  2. ނަން

    ބޮލީވުޑް އެކްޓިން އަށްވުރެ މާ މޮޅު ތެލުގޫ އެކްޓަރުންގެ އެކްޓިން. އައްލޫ އަރްޖޫންގެ ޑާންސް ވެސް ވަރަށް މޮޅު. އަހަރެން ވެސް ބެލިން ހިންދީ ޑަބްޑް ޕުޝްޕާ. ވަރަށް ސަޅި.

    4
    1
    • ބުޅާ

      ކަލޭ ބެލިންތަ އޮރިޖިނަލް ތެލުގޫ ވާޝަން؟؟؟ ހިންދީއަށްވުރެ ތެލުގޫއިން ބެލީމަ މާސަޅި!!

  3. ސައިނާ

    އައުޓް އިސްޓޭޑިން ފިލްމެއް މީ ވަރަށް މޮޅު އެކްޓިން

  4. ބުޅާ

    ކަލޭ ބެލިންތަ އޮރިޖިނަލް ތެލުގޫ ވާޝަން؟؟؟ ހިންދީއަށްވުރެ ތެލުގޫއިން ބެލީމަ މާސަޅި!!