މާގިނައިން ފޯނާކުޅޭތީ ކަމަށްބުނެ އިންޑިއާގައި މީހަކު 15 އަހަރުގެ އަންހެން ދަރިފުޅު ރޭޕްކޮށްފިއެވެ.

އެ އަންހެން ދަރިފުޅު ރޭޕްކޮށްފައި ވަނީ އޭނާގެ 42 އަހަރުގެ ބައްޕައެވެ. މި މީހާގެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުންދާއިރު, އެކި ފަހަރުމަތިން އަންހެން ދަރިފުޅު ރޭޕްކޮށްފައިވާކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.

ފުލުހުންނާއި ހަވާލަދީ އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި މި ފިރިހެންމީހާ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅު ރޭޕްކުރީ އެ ކުއްޖާ މާގިނައިން ފޯނާއި ކުޅޭތީކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ފާއިތުވި ހޮނިހިރު ދުވަހު މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށައަޅާފައި ވަނީ އަންހެން ކުއްޖާ ކިޔަވަންދާ ސްކޫލުންނެވެ. އެގޮތުން އަންހެން ކުއްޖާ ސްކޫލް ކިޔަވައިދޭ ގަޑި ނިމުމުންވެސް ގެއަށް ނުގޮސް ހުރުމުން ޓީޗަރު ސުވާލުކުރުމުން ބުނީ އޭނާގެ ބައްޕަ ގޭގައި އޭނާ އަށް ޖިންސީ އަނިޔާ އަބަދުވެސް ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް، އަންހެން ކުއްޖާ ޓެސްޓުތަކެއް ހެދުމަށް ފޮނުވާފައެވެ.

މީގެ ދެ އަހަރު ކުރިން ފިރިހެންމީހާ ބަލިވެ ޑޮކްޓަރަށް ދައްކާފައިވާއިރު ޓެސްޓުތަކުން އޭނާގެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނެވެ. އަދި އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް އެ ކުއްޖާގެ މަންމަ ކިޑްނީ ހަދިޔާ ކުރިކަމަށް ވެއެވެ.

އޭގެ ފަހުން މީގެ ފަސްމަސް ކުރީއްސުރެ އަންހެންކުއްޖާގެ މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނައިރު ފިރިހެން މީހާގެ ކަންކަންވެސް ގޭގައި ކުރަން ޖެހެނީ އަންހެން ދަރިފުޅު ކަމަށް ވެއެވެ. އަދި އަންހެން ދަރިފުޅު މާގިނައިން ފޯނާ ކުޅޭތީ އޭނާގެ ބައްޕަ ހިތްހަމަނުޖެހޭކަން ހާމަކުރީ އޭނާގެ އިތްފަތްތެރިކަން އަތުލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޗީ

    ތިއައްވުރެ ތާހިރުވީސް ފޯނު އަތުލިނަމަ

    20
    • ކޭ

      ފޯނާ ކުޅޭއްޗެއް ނޫނޭ ހަމަ ރޭޕްކުރާހިތުން

  2. Anonymous

    ތިއީ ވަރަށް އާއްމުކޮށް ހިންގާ ޝައިޠޯނީ ހާދިސާތައް ނޫންތޯ؟ ޚާއްސަކޮށް ނާތަހުޒީބު އިންޑިއާގައި، މިގައުމުގެ ނޫސްތަކުގައި މިކަލަ ބިރުވެރި ވާހަކަތަކެއް ނުލިއުން ވަރަށްބޮޑަށް އެދެން، ވަރަށް ތުއްތު ކުދިންވެސް ނޫސްކިޔެއުޅޭތީ މިހެން ބުނެލީ، މުޖުތަމައަށް ފައިދާކުރާނެ މައުލޫމާތްތަކެއް ލިއެ ނޫސް ލިއުންތެރިންވެސް މިއައްވުރެ ޒިންމާދާރުވާންޖެހޭ،

    18
    1
  3. މުޑުދާރު

    އައްޗީޑި

    15
    1
  4. Anonymous

    ތިއީ ވަރަށް އާއްމުކޮށް ހިންގާ ޝައިޠޯނީ ހާދިސާތައް ނޫންތޯ؟ ޚާއްސަކޮށް ނާތަހުޒީބު އިންޑިއާގައި، މިގައުމުގެ ނޫސްތަކުގައި މިކަލަ ބިރުވެރި ވާހަކަތަކެއް ނުލިއުން ވަރަށްބޮޑަށް އެދެން، ވަރަށް ތުއްތު ކުދިންވެސް ނޫސްކިޔެއުޅޭތީ މިހެން ބުނެލީ، މުޖުތަމައަށް ފައިދާކުރާނެ މައުލޫމާތްތަކެއް ލިއެ
    ތެދެއް މިފަދަ ރޭޕްކޭސްތައް ނުލިޔެބަލަ

    7
    1