ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް ދަރިއަކު ލިބުމުން އޭނާގެ ކުރިއަށް އޮތް ބޮލީވުޑު ފިލުމު ''ޖީލޭ ޒަރާ'' އިން ނުފެންނާނެ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފިއެވެ.

ޕްރިޔަންކާ އައި ފިރިމީހާއަށް ނިކް ޖޯނަސްއަށް ދަރިއަކު ލިބުނު ކަމަށް މީސް މީޑިއާގައި ހިއްސާ ކުރުމުން އެންމެންނަށް ވެސް ހައިރާންކަން ލިބުނެވެ.

ސަރޮގޭޓް ކޮށްގެން އަންހެން ދަރިއަކު ޕްރިޔަންކާއަށް ލިބުމުން އެންމެންގެ މަރުހަބާ މެސެޖު ތަކުގެ އިތުރުން މިކަމާއި ގުޅިގެން ހަގީގަތެއް ނެތް ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ.

އޭގެ ތެރޭގައި ފަރްހާން އަޚުތަރުގެ ފިލުމު ''ޖީލޭ ޒަރާ'' އިން ޕްރިންކާ ނުފެންނާނެ ވާހަކަވެސް ހިިމެނެއެވެ. އަދި ޕްރިޔަންކާގެ ބަދަލުގައި އޭނާގެ ރޯލު ކުޅޭނީ ޕަރިނީތީ ޗޯޕްރާ ކަމަށް ވެސް ވާހަކަތައް ދެކެވުނެވެ.

ނަމަވެސް ފިލުމުގެ ޓީމުގެ މެމަބަރެއް ވަނީ މި ވާހަކަތައް ދޮގު ކޮށްފައެވެ. ފިލުމުގެ ޕްރޮޑިއުސަރު ފަރުޚާން އަދި ރިތޭޝް ސިދުވާނީ މިކަހަލަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި އަދި ދަރިއަކު ލިބުމުން ކެރިއަރގެ ފުރުސަތުތަކަށް ހުރަސް އެޅޭނެ ކަމަކީ ފަރުހާން ގަބޫލު ކުރާ ގޮތެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ޕްރިޔަންކާގެ އިތުރުން މި ފިލުމުން ފެނިގެންދާނެ އަނެއް ދެ ފަންނާނުން، އާލިއާ ބަޓްއާއި ކެޓްރީނާ ކައިފް ވެސް ޕްރިޔަންކާއަށް ދަރިއަކު ލިބުމުން ފިލުމުގައި ބައިވެރި ނުވެވޭނެ ކަމަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.

އެހެންކަމުން ދަރިއަކު ލިބުނު ނަމަވެސް ފިލުމު ''ޖީލޭ ޒަރާ'' އިން ޕްރިޔަންކާ ފެންނާނެ ކަމަށް ފިލުމުގެ ޓީމުން ވަނީ ޔަގީންކަން ދީފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަކްރަމް

    އަހަރެންނަށް ހެޔޮ ސެރަގެޓުން އޭނާ ފެނުނަސް،

  2. ސަބް

    ކީއްވެތަ އޭނާ ނުފެންނަންވީ. ދސރިއަކު ވިހެއިކީނޫން. ދަރިއަކު ހޯދީ.

    1
    1