ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ހަށިގަނޑަށް އަޅާލެވެނީ ވަރަށް މަދު ފަހަރަކަށެވެ. ދުވާލުގެ ބުރަ މަސައްކަތުގެ ސަބަބުން ހަށިގަނޑަށް ފައިދާ ލިއްބައިދޭ ކަންކަމާ މެދު ވިސްނާކަށް ވަގުތެއް ނުވެއެވެ.

އެހެންކަމުން އެފަދަ މީހުންނަށް އޮތް އެންމެ މޮޅު ހައްލަކީ ރޭގަނޑު ކެއުމަށް ފަހު ހިނގާލުމެވެ. ކައިގެން އިރުކޮޅެއް ކޮށްލާފައި ހިނގާލުމަކީ ސިއްހީ މާހިރުން ވެސް އިރުޝާދު ދެއްވާ ކަމެކެވެ.

މިގޮތަށް ރޭގަނޑު ކެއުމަށް ފަހު ހިނގާލުމުން ލިބޭ ފައިދާތަކަކީ:

ހަޖަމު ކުރުމަށް ފަސޭހަވޭ

ހިނގުމަކީ އެކަމުގެ ސަބަބުން ގޭސްޓްރިކް އެންޒައިމްސް އުފައްދައިދޭ ކަމެކެވެ. މިކަމުގެ ސަބަބުން ހަޖަމު ކުރުމަށް ފަސޭހަވެ ބަނޑު ހަރުވުމާއި ބަނޑަށް ވައި އެރުން ފަދަ ކަންތައްތަކުން ސަލާމަތް ކޮށްދެއެވެ.

މެޓަބޮލިޒަމް އިތުރުކޮށްދޭ

ރޭގަނޑުގެ ކެއުމަށް ފަހު ހިނގާލުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރު ކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން ކެލޮރީސް އަންދާލައެވެ. ނަމަވެސް ކެއުމަށް ފަހު އިށީނދެ އިނުން ނުވަތަ އަރާމު ކުރުމަކީ ގެއްލުން ލިބޭ ކަމެކެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ

ރޭގަނޑު ކެއުމަށް ފަހު ގަވާއިދުން ހިނގާ ނަމަ ކާއެއްޗެހި ހަޖަމު ކުރުމަށް ފަސޭހަވެއެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ދުއްވާލުމަށް އެހީތެރިވެދެއެވެ. އަދި އެތެރޭގެ ގުނަވަންތައް ރަނގަޅު ކޮށްދީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ.

ފަސޭހައިން ނިދާލެވޭ

ނިދަން އުދަނގޫވާ ނަމަ ރޭގަނޑު ކެއުމަށް ފަހު ވަކި ވަގުތެއް ވަންދެން ހިނގާލުމަކީ ސްޓްރެސްތަކުން އެއްފަރާތް ވެވި ފަސޭހައިން ނިދާލެވޭނެ ކަމެކެވެ.

މީގެއިތުރުން ރޭގަނޑު ކެއުމަށް ފަހު ހިނގާލުމަކީ ދަންވަރަށް ބަނޑުހައިވުމާއި ބްލަޑް ޝުގާ ލެވެލް ރަނގަޅު ކޮށްދިނުމާއި ޑިޕްރެޝަން ފަދަ ބަލިތަކަށް ވެސް މިއީ ހައްލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމް

    އަޅުގަނޑުގެ ރަށުން ގިނައިން ފެންނަނީ ތިޔަ ގޮތާއި ދިމާ އިިދިކޮޅަށެވެ.. ދުވާލާއި ރޭގަނޑުގައި ވެސް ސައިކަލުގައެވެ. ދަންބެރެއްހާ ވަގުތުގައި ރެސްޓޯރެންޓް ތައް ހުންނާނީ ބޮޑެތި ކެއުންތަކަށް އިންސާފުކުރަން ގޮސްތިބޭ މީހުންތަކުން ފުރިބާރުވެފައެވެ. ތެދުވެ ގެޔަށް ދާން ދިމާކުރާނީ ރޭދެބައިވެ މެންދަންވީމައެވެ..ހިނގާފައިތޯއެވެ؟ ސައިކަލުގައެވެ.
    މިއީ ވެސް އެބުނާ ޒަމާނީ ޑިމޮކްރަސީގެ ތެރޭގައި ހިމެނޭ ކަމެކެވެ.

  2. މަހިބަދޫ