ސްޓަރ ޕްލަސްގެ އެންމެ މަގުބޫލު އެއް ޑުރާމާ ކަމުގައިވާ ''ކަސޯޓީ ޒިންދަގީ ކީ'' ގައި ''ކޮމޮލިކާ'' ގެ ރޯލުން މަޝްހޫރު ވެފައިވާ އުރްވަޝީ ދޮލާކިއާ އެނބުރި ޓެލެވިޜަން އިންޑަސްޓްރީއަށް އަންނާނެކަން ޔަގީން ކޮށްދީފިއެވެ.

ޓެލެވިޒަން އިންޑަސްޓްރީގެ އެންމެ މަގުބޫލު ޑުރާމާ ސީކުއަލް ކަމުގައިވާ ''ނާގީން'' ގެ ހަވަނަ ބައި ވަރަށް އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށް އިއުލާން ކުރުމާއި އެކު މި ޑުރާމާއިން ފެންނާނެ ފަންނާނުންނާއި މެދު އެތައް ބަޔަކު ވާހަކަ ދައްކައިފައިވެއެވެ.

ދުނިޔެ ސިއްސުވައިލި ވައިރަސްއާއި ގުޅުވައިގެން އުފައްދާ މި ޑުރާމާގައި ބެލުންތެރިން ޝައުގުވެރިވާ އެތައް ކަމެއް ގެނެވިފައިވާ އިރު އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ މި ޑުރާމާއިން އުރްވަޝީ ފެނިގެން ދިޔުމެވެ.

އުރްވަޝީ ވަނީ މި ޑުރާމާ ކުޅުމަށް ސޮއި ކޮށްފައިކަން ޑުރާމާގެ ޓީމުން ވަނީ ޔަގީންކަން ދީފައެވެ.

އުރްވަޝީ މި ޑުރާމާ މި ކުޅެނީ އެކްޓް ކުރުމާއި ދުރުގައި 4 އަހަރު ހުރުމަށް ފަހުގައެވެ.

''ކޮމޮލިކާ'' ގެ ރޯލަކީ އެތައް ބަޔަކަށް ކަމުދިޔަ ރޯލެކެވެ. މި ރޯލުން އުރްވަޝީގެ އެކްޓިންގެ ހުނަރު ދައްކައިދީފައިވެއެވެ. ނަމަވެސް މި ޑުރާމާއިން އުރްވަޝީ ފެނިގެންދާނީ މުޅިން ތަފާތު ރޯލަކުންނެވެ.

ނަމަވެސް މި ޑުރާމާގައި އުރްވަޝީ ފެނިގެންދާނީ ސްޕަރ ނެޗުރަލް ކެރެކްޓަރއިން ކަމެއް ނުވަތަ އިންސާނެއްގެ ރޯލަކުން ކަމެއް އަދި ޔަގީން ނުވާ ކަމަށް ރިޕޯޓް ތަކުގައި ވެއެވެ.

އުރްވަޝީ ކުޅެފައިވާ ޑުރާމާތަކަކީ ''ކަސޯޓީ ޒިންދަގީ ކީ''، ''ޗާހަތުކޭ ސަފަރު މޭ''، ''ޖޭސީ ޖޭސީ ކޮއި ނެހީ'' ފަދަ ޑުރާމާތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު