އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯންސަން އާއި ދުނިޔޭގެ އެންމެން ދަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ދެ މީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ އެބަދައްކައެވެ. އެ ވާހަކަތަކަށް ނިމުމެއް ނާދެއެވެ.

މިހާރު ދެކެވެމުންދާ ވާހަކައަކީ މި ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނު ގޮތުގެ ވާހަކައެވެ. މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުންދާ މި ދަނޑިވަޅުގައި ޑްވޭން ޖޯންސަން (ދަ ރޮކް) މި ވަނީ ނިކް އަށް ޕްރިޔަންކާ ސެޓް ކޮށްދިނީ އޭނާކަމަށް ބުނެފައެވެ.

"އަހަންނަށް އެކަން ކުރެވިއްޖެ. އެ ދެ މީހުން އެކުގައި އެހާ އުފާވެރިކަން އުޅޭނަމަ ކްރެޑިޓް ނަގާނީ އަހަރެން" ޑްވޭން ބުންޏެވެ.

ޑްވޭންއާއެކު ބޭވޮޗްގައި ޕްރިޔަންކާ ފެނިގެންދިޔައިރު، އޭނާއާއެކު ނިކް ވެސް ޖުމާންޖީއިން ފެނިގެން ގޮސްފައެވެ.

މިހާރު މި ދެ ތަރިންގެ ވާހަކަ ނުދައްކާ މީޑިޔާއެއް ނެތެވެ. ހުރިހާ ތާކުން ހުރިހާ ގޮތަކުންވެސް މިތަރިންގެ ވާހަކަތައް ހޯދަމުންދަނީއެވެ.

މި މަސް ތެރޭގައި މި ދެތަރިން އެންގޭޖް ވާނެކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް މި ދެތަރިންގެ ގުޅުމަކީ ކޮން ކަހަލަ ގުޅުމެއްކަން ކަށަވަރުވެފައިވާއިރު، މި ދެ މީހުންގެ އެންގޭޖްމެންޓް ވަކި ކަށަވަރުވެދާނެހެނެއް ހިއެއް ނުވެއެވެ.

ނިކް އާއި ޕްރިޔަންކާ އެންމެ ފުރަތަމަ އެކުގައި ފެނިގެން ގޮސް ފައި ވަނީ މިދިޔަ އަހަރު އޮތް މެޓްގާލާ އިވެންޓުންނެވެ. ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯއަކަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.