އާއްމުކޮށް ވޮލެޓް އެއްޗެހި ބިން މައްޗަށް ވެއްޓިގެން އަލުން އަބުރާ އެ ހޯދަންދާއިރު، ނުފެނެއެވެ. ބައެއް ފަހަރު ބައެއް މީހުން އެ ވޮލެޓްގައި ހުރި އެއްޗެހި ނަގާ ބޭނުން ކުރަނީއެވެ. މިއީ އާއްމުކޮށް ދިމާވާ ކަމެކެވެ.
އެހެން ނަމަވެސް މިގޮތަށް ގެއްލޭ އެއްޗެހި ހޯދައި އޭގެ ވެެރި ފަރާތަށް އެ އެއްޗެއް ރައްދު ކުރުމަށް މަސައްކަތް ކުރާ މީހުން މަދެއް ނޫނެވެ. އޭގެ ތެރެއިން މިއީވެސް ހާއްސަ މީހެކެވެ. ތެދުވެރިއެކެވެ.
އިންޑިއާގެ އަވަށަކަށް ނިސްބަތްވާ މި މީހާ ވަނީ މަގުމަތިން ފެނުނު ދަތުރުވެެރިއެއްގެ ވޮލެޓް އަނބުރާ އޭގެ ވެރި ފަރާތާއި ހަވާލުކޮށް، އެންމެންގެ ސަމާލުކަން ހޯދާފައެވެ.
އެ މީހާ އެ ވޮލެޓް ފެނުނީ އޭނާ މަސައްކަތު ދަނިކޮށެވެ. ދިއްލީ މަގެއްގެ މަތިން އެ ވޮލެޓް ފެނުމާއެކު އޭނާ ވަނީ އެތަނުން އެ ނަގާފައެވެ.
އެއީ ދިއްލީއަށް ދިޔަ ފަތުރުވެރިއެއްގެ ވޮލެޓެވެ. އެ ވޮލެޓުގައި ވަރަށް ބައިވަރު ފައިސާތަކާއި ކާޑުވެސް ހުއްޓެވެ.
އޭނާގެ ތެދުވެރިކަމުން އޭގައި ހުރި އެއްވެސް އެއްޗެއް ބޭނުން ނުކޮށް އޭގާއި ހުރި ކާޑުތަކުގެ ޒަރިއްޔާއިން އެ މީހާ ހޯދިއެވެ. އަދި އެ ވޮލެޓުގެ ވެރި ފަރާތުން ވަނީ އެ މީހާއަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާއަށް ހަދިޔާއެއްދޭންވެސް އުޅުނެވެ. ނަމަވެސް އޭނާ އެ ހަދިޔާ ބޭނުން ނުވީއެވެ.
މި ވާހަކަ މީޑިޔާގެ ސަމާލުކަމަށް އައިސް ގިނަ ބަޔަކު އެ މީހާއަށް ދަނީ ތައުރީފް ކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުން ދަނީ އެންމެންނަކީވެސް އޭނާ ފަދަ ބަޔަކަށްވުމަށެވެ.
ރާއްޖެގއިވެސް ޢާންމު ކަމެއް.
ނުން ރާއްޖޭ ގަ ނޫޅޭނެ ތިހާ އަމާނަތް ތެރިންނެއް،، ދެން ފަހަރެއްގަ މީހަކު ހުއްޓަސް އޭނަ ވެސް ހަދިޔާ ގަ ހިފާނެ... ތި ކަހަލަ މީހުން ރާއްޖޭގަ ނޫޅޭ