ފީނަން ކަނޑުގެ އަޑިޔަށް ދިޔަ މީހަކަށް އައިފޯނެއް ފެނިއްޖެއެވެ. އައިފޯނު ފެނިފައިވަނީ ސައިރަސް ކިޔާ, 34 އަހަރުގެ ފީނާ މީހަކަށެވެ.

ބޭރުގެ މީޑިޔާތަކަށް މައުލޫމާތު ދެމުން ސައިރަސް ބުނެފައިވަނީ މިމީހާއަށް މިފޯން ފެނިފައިވަނީ އެޓްލާންސްގެ ކަނޑުގެ އަޑިޔަށް ފީނަމުން ދަނިކޮށް ކަމަށާއި މިފޯނު ފެނުނުއިރު މިފޯން އޮތީ ހަލާކް ނުވެ ކަމަށެވެ.

ސައިރަސް ބުނެފައިވަނީ މީމީހާ ފީނުމުގެ ތެރޭގައި ކަނޑުގެ އަޑިން ފޯނެއް ފެނުނު ކަމަށާއި ފެނިފައިވަނީ އައިފޯނު އެކްސް އެއް ކަމަށެވެ. އަދި ފޯނު ނެގި އިރު ފޯނު ހަލާކް ނުވާ ކަމަށާއި ފޯނު ފެނުނީ މީހެއް ފޯނަށް މެސެޖް ކުރުމުން ފޯނު ދިއްލުމުން ކަމަށެވެ.

މިފޯންގެ ވެރި މީހާއަށް މިހާރު ފޯނު ވަނީ ރައްދު ކޮށްދީފައެވެ. މިފޯނުގެ ވެރިމީހާ 32 އަހަރުގެ ރޮބް ބުނެފައިވަނީ އޭނާގެ ފޯނު ވެއްޓުނީ މަސް ބާނަން ދިއުމުގެ ތެރޭގައި ކަމަށާއި ނަމަވެސް ފޯނު ނުފެނޭނެ ކަމަށް ބަލާ ފޯނު ހޯދުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

ރޮބްގެ ފޯނު ކަނޑުއަޑިން ފެނިފައިވަނީ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ. ގެއްލުނު އިރު 100 އިންސައްތަ ޗާޖް ހުރި މިފޯނު ދެ ދުވަސްފަހުން ފެނުނު އިރު 84 އިންސައްތަ ޗާޖް ހުއްޓެއެެވެ. އަދި ފޯން ގެއްލުނު އިރު އޮތީ ފެން ނުވަންނަ ކަވަރަކަށްވެސް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިޔާލު

    ފެން ނުވަންނަ ކަވަރު މޮޅީ ހަމަ

    • ?

      ????

  2. Anonymous

    ވަގުތަށް ފޮނުވާ ކޮމެންޓް ނުޖަހާތި. ތިޔާކޮތަޅަށް ކަރުދާސް ކޮޅެއް ލާފަ ކަނޑު އަޑިޔަށް ފައްތާފަ ނޫހުގެ ޖަހާބަލަ. މޫދު އަޑީގައި ނުތެމި ކަރުދާސް ކޮޅެއް އޮތް ވާހަކަ.!!