އިންޑިޔާގައި މީދަލަކާއި މީހަކު ކައިވެނިކޮށްފިއެވެ.

އިންޑިިޔާގެ ނޫސްތަކުން ބުނެފައިވަނީ މީދަލަކާ ކައިވެނިކޮށްފައިވަނީ އުމުރުން 41 އަހަރުގެ ޗިދަތްމާ ބާސޫއެވެ.

ބާސޫ ކިޔާދިން ގޮތުގައި މިމީހާ މި މީދަލާއި ކައިވެނި ކޮށްފައި މިވަނީ މިމީދަލަކީ އޭނާގެ އަނބިމީހާ ކަމަށްވާތީއެވެ. ބާސޫ ޤަބޫލު ކުރާ ގޮތުގައި އޭނާގެ އަނބިމީހާ މަރުވުމަށްފަހު ދެވަނަ ފަހަރަށް މީދަލެއްގެ ސިފައިގައި ވަނީ ދިރިފައެވެ. އޭނާގެ އަނބިމީހާވަނީ މިދިޔަ އަހަރުގެ ތެޜޭގައި ހިނގި ކާރު އެކްސިޑެންޓްއެއްގައި މަރުވެފައެވެ. މިއީ އިންޑިޔާގެ ގިނަ ބަޔަކު ޤަބޫލު ކުރަމުން އަންނަ ހިންދޫ ދީނުގައި އޮންނަ ޤަބޫލު ކުރުމެކެވެ.

ބާސޫ ބުނެފައިވަނީ މި މީދަލާއި މީނާއަށް ފުރަތަމަ ފަހަރަށް ފެނުނީ އޭނާގެ ގޭގެ ދޮރުމަތީ ހުއްޓާ ކަމަށާއި އަދި މިމީދަލުގެ ހުރީ ހަމަ އޭނާގެ އަނބިމީހާ ކަހަލަ ލޮލެއް ކަމަށާއި ނޭފަތެއް ކަމަށެވެ. އަދި މި މީދަލަކީ އޭނާގެ އަނބިމީހާ ކަމަށް އެންމެ ބޮޑަށް ޤަބޫލު ކުރެވިގެން ދިޔައީ އޭނާގެ އަނބިމީހާއަށް އެންމެ މީރު ބިސްކޯދް މިމީދަލަށްވެސް މީރު ވުމުން ކަމަށެވެ.

މިގޮތަށް ކަންދިމާވުމުން ބާސޫވަނީ ހިންދޫ ދީނުގެ ފާދިރީއެއް ކައިރިއަށް ގޮސްފައެވެ. މި ފާދިރީ މީހާ ބާސޫއަށް އިރުޝާދު ދިނީ ވީހާވެސް އަވަހަށް ކައިވެނި ކުރުމަށެވެ.

މިއީ އިންޑިޔާގައި މިގޮތަށް ޖަނަވާރަކާއި މީހަކު ކައިވެނި ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ އަހަރެއްހައި ދުވަސް ކުރިން އިންޑިޔާގައި އަންހެން ކުއްޖަކުވަނީ ކުއްތާއަކާވެސް ކައިވެނި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހަމަ ހެޑްލައިން ކިޔާފަ މިކޮމެންޓް މޮށްލަނީ. ޔާގީން އިންޑިއާ ބްރާންޗެއްކަން

  2. ތީމިރާއްޖެއައް ގޮތްކިޔާ އިންޑިޔާގެހާލަތު ރޭޕުކުރުމާ ނިކަހަލަ ހުރިހާނުބައިކަމަަކުން އަރާތިބިބައެއް ބޯހަލާކު

  3. ލައިފް ގޯލްސް

  4. މިކަހަލަ މީހުން ގޮވައިގެން އަންނި އެ އުޅެނީ މިގައުމުގެ ވެރިކަން ބަދަލް ކުރަން

  5. އޭނަ އަންހެނުންގެ ނަގޫވެސް މީދަލާ ވައްތަރުބާ؟

  6. މިވަރުގެ ނާ ތަހުޒީބީ މޯދީ ބުއްދާމެން މިއުޅެނީ ދުނިޔޭގަ އުޅެން ނިކުމެގެން...ގަމާރު ގަމާރު

  7. ކައިވެނިކޮށްގެން އަނބިފިރިކަމުގެ ގުޅުންހިންގަން މި މީހާ ހާލަކު އުޅޭނެދޯ!

  8. ހައްހާ...މީނަގެ ދެވަނައަނބި މީދާ ރުޅިއައިސްގެން ގައިގެތަނެއްގަ ދަތްނާޅައިފިއްޔާ ކިތަންމެހާވެސް ރަނގަޅު.

  9. އެއުޅެނީ މީދާ ރޭޕްކުރަން ކޮންމެވެސް މޮޅުއެއްޗެކޭ ކިޔައިގެން.

  10. ޢަވަހށް ފިލްމެއް ކުޅެންވީ މީދަލާ އެކު އޭރުން މިހާރު އަތުގައި އޮތްމީދާ ކާލީމަ މަޖާވާނީ

  11. މިީދާ ބަރާބަރަށް ވިހާނެދޯ

  12. އަންބިމީހާ ވަންޔާ ކީއްކުރަން އިންނަނީ.