އިންޑިޔާގައި މީދަލަކާއި މީހަކު ކައިވެނިކޮށްފިއެވެ.

އިންޑިިޔާގެ ނޫސްތަކުން ބުނެފައިވަނީ މީދަލަކާ ކައިވެނިކޮށްފައިވަނީ އުމުރުން 41 އަހަރުގެ ޗިދަތްމާ ބާސޫއެވެ.

ބާސޫ ކިޔާދިން ގޮތުގައި މިމީހާ މި މީދަލާއި ކައިވެނި ކޮށްފައި މިވަނީ މިމީދަލަކީ އޭނާގެ އަނބިމީހާ ކަމަށްވާތީއެވެ. ބާސޫ ޤަބޫލު ކުރާ ގޮތުގައި އޭނާގެ އަނބިމީހާ މަރުވުމަށްފަހު ދެވަނަ ފަހަރަށް މީދަލެއްގެ ސިފައިގައި ވަނީ ދިރިފައެވެ. އޭނާގެ އަނބިމީހާވަނީ މިދިޔަ އަހަރުގެ ތެޜޭގައި ހިނގި ކާރު އެކްސިޑެންޓްއެއްގައި މަރުވެފައެވެ. މިއީ އިންޑިޔާގެ ގިނަ ބަޔަކު ޤަބޫލު ކުރަމުން އަންނަ ހިންދޫ ދީނުގައި އޮންނަ ޤަބޫލު ކުރުމެކެވެ.

ބާސޫ ބުނެފައިވަނީ މި މީދަލާއި މީނާއަށް ފުރަތަމަ ފަހަރަށް ފެނުނީ އޭނާގެ ގޭގެ ދޮރުމަތީ ހުއްޓާ ކަމަށާއި އަދި މިމީދަލުގެ ހުރީ ހަމަ އޭނާގެ އަނބިމީހާ ކަހަލަ ލޮލެއް ކަމަށާއި ނޭފަތެއް ކަމަށެވެ. އަދި މި މީދަލަކީ އޭނާގެ އަނބިމީހާ ކަމަށް އެންމެ ބޮޑަށް ޤަބޫލު ކުރެވިގެން ދިޔައީ އޭނާގެ އަނބިމީހާއަށް އެންމެ މީރު ބިސްކޯދް މިމީދަލަށްވެސް މީރު ވުމުން ކަމަށެވެ.

މިގޮތަށް ކަންދިމާވުމުން ބާސޫވަނީ ހިންދޫ ދީނުގެ ފާދިރީއެއް ކައިރިއަށް ގޮސްފައެވެ. މި ފާދިރީ މީހާ ބާސޫއަށް އިރުޝާދު ދިނީ ވީހާވެސް އަވަހަށް ކައިވެނި ކުރުމަށެވެ.

މިއީ އިންޑިޔާގައި މިގޮތަށް ޖަނަވާރަކާއި މީހަކު ކައިވެނި ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ އަހަރެއްހައި ދުވަސް ކުރިން އިންޑިޔާގައި އަންހެން ކުއްޖަކުވަނީ ކުއްތާއަކާވެސް ކައިވެނި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ފޭސް

    ހަމަ ހެޑްލައިން ކިޔާފަ މިކޮމެންޓް މޮށްލަނީ. ޔާގީން އިންޑިއާ ބްރާންޗެއްކަން

    • ބެއްޔާ

      ފޮޓޯ ފެނިފަ ބުނާ އެއްޗެއް ނޫންތަ ތީ؟

    • ތޮއްތޮ

      ހެޑްލައިން ކިޔާއިރު ފެންނާނެ ތިރީގަ އިން ލިޔުން ކޮޅުވެސް. ޝައްކެއް ނެތް.

    • މީދާ

      ހަމަ އެކަނި ކޮމެންޓު ކިޔާފަ މި ކޮމެންޓު ކޮށްލަނީ...ހަމަ ޔަގީން ތީ ޔާގުންޑާގެ ފޮލޯވާ އެއްކަން

      • ޖޮނީ

        އަހަރެންނަށްވެސް އެނގޭ ތިޔައީ ސޮނިވެއްޓޭގެ ޕަޕެޓެއްކަން. ދެން ލަލަލާ....!!!

        • ޯްިމ

          ދެން ހަމަ ކޮންމެ އެއްޗެއް ޕޮލިޓިކަލް ނުކުރިޔަސް ވެދާނެ ދޯ؟؟؟ /:

  2. ސ

    ތީމިރާއްޖެއައް ގޮތްކިޔާ އިންޑިޔާގެހާލަތު ރޭޕުކުރުމާ ނިކަހަލަ ހުރިހާނުބައިކަމަަކުން އަރާތިބިބައެއް ބޯހަލާކު

  3. އ.ޖ.އ

    ލައިފް ގޯލްސް

    2
    1
  4. ޝިދާތާ

    މިކަހަލަ މީހުން ގޮވައިގެން އަންނި އެ އުޅެނީ މިގައުމުގެ ވެރިކަން ބަދަލް ކުރަން

    4
    1
  5. ސުޒޭން

    ހަހާ

  6. ކަޅުސޮރު

    އޭނަ އަންހެނުންގެ ނަގޫވެސް މީދަލާ ވައްތަރުބާ؟

    5
    1
  7. ސޯދިގު

    މިވަރުގެ ނާ ތަހުޒީބީ މޯދީ ބުއްދާމެން މިއުޅެނީ ދުނިޔޭގަ އުޅެން ނިކުމެގެން...ގަމާރު ގަމާރު

    4
    1
  8. ހުސޭނުބޭ

    ކައިވެނިކޮށްގެން އަނބިފިރިކަމުގެ ގުޅުންހިންގަން މި މީހާ ހާލަކު އުޅޭނެދޯ!

    2
    1
  9. ބުޅާ

    ހައްހާ...މީނަގެ ދެވަނައަނބި މީދާ ރުޅިއައިސްގެން ގައިގެތަނެއްގަ ދަތްނާޅައިފިއްޔާ ކިތަންމެހާވެސް ރަނގަޅު.

    4
    1
  10. ސުމްރް

    އެއުޅެނީ މީދާ ރޭޕްކުރަން ކޮންމެވެސް މޮޅުއެއްޗެކޭ ކިޔައިގެން.

    1
    1
  11. ބޯގަޅި

    ޢަވަހށް ފިލްމެއް ކުޅެންވީ މީދަލާ އެކު އޭރުން މިހާރު އަތުގައި އޮތްމީދާ ކާލީމަ މަޖާވާނީ

  12. ޟިދު

    މިީދާ ބަރާބަރަށް ވިހާނެދޯ

  13. Anonymous

    އަންބިމީހާ ވަންޔާ ކީއްކުރަން އިންނަނީ.