އާއްމުކޮށް ފިލްމްތަކުގައި ވާހެން ދިރިއުޅުމުގައި ދިމާވެދާނެހެން ހީނުވެދާނެއެވެ. އެހެން ނަމަވެސް ބައެއް މީހުންނަށް އެގޮތަށް ވެފައިވެސް އެބަހުއްޓެވެ. އެ މީހުންވެސް އެ ބިރުވެރިކަމުގައި އުޅެފައި އެބަހުއްޓެވެ. މިއީވެސް އޭގެ ތެރެއިން މީހެކެވެ.

މި މީހާ ނިދާފައި އޮއްވާ ގައި މައްޗަށް ބޮޑު ހަރުފައެއް ވެއްޓުނީއެވެ. ސީލިންގއިން ވެއްޓުނު އެ ހަރުފަ ގޮސް ޖެހުނީ މި މީހާ ގައި މަތީގައެވެ. އެ ހަރުފައިގެ ދިގުމިނުގައި ހަ ފޫޓު ހުންނާނެއެވެ.

މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު މި ހާދިސާ ހިނގިިއިރު، އޭނާ ވަނީ ޑިޕާޓްމެންޓް އޮފް އެންވެރޮމެންޓް އެންޑް ކޮންޒާވޭޝަންއަށް އެކަން ރިޕޯޓްކޮށްފައެެވެ.

"މީހަކު ގުޅާފައި ބުނީ، ތިމަންނަ ނިދާފައި އޮއްވާ ސީލިިންގއިން ބޮޑު ހަރުފައެއް އޭނާގެ ގައިމައްޗަށް ވެއްޓިގެން އުޅޭކަމަށް". އެ ޑިޕާޓްމެންޓްގެ އޮފިޝަލަކު ލިޔުނެވެ.

އެ އޮފިޝަލް ބުނީ، ހަ ފޫޓު ހުރި އެ ހަރުފައަކީ ކިހިނެއް އެތަނަށް ވެއްޓުނު އެއްޗެއްތޯ ބެލުމަށް ކުރި މަސައްކަތުން އެނގުނުގޮތުގައި، އެއީ އެ މީހާ ދިރިއުޅޭ ގޭގެ މަތީ އެޕާޓްމެންޓުގެ މީހަކު ގެންގުޅޭ ހަރުފައެކެވެ.

އެ ހާދިސާގައި އެ މީހާއަށް އަނިޔާ ނުވިނަމަވެސް އޭނާ ހުރީ ވަރަށް ބިރުންނެވެ.

އެގެއިން ފެނިފައި ވަނީ ނުރައްކާތެރި ހަރުފައިގެ ވައްތަރެކެވެ. އެގެއިން ފެނިފައި ވަނީ "ބޯ ކޮންޓިރެކްޓަރ"އެކެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާގައި އޭގެ ހަރުފަތަކުގެ ހަމަލާ ލިބިގެން 1978 އިން ފެށިގެން މިހާތަނަށް 17 މީހަކު މަރުވެފައިވާކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުދު ޖަންގިޔާ

    ބޯއާ ކޮންސްޓްރިކްޓާ....