އިންޑިއާގެ ބޮޑު ވަޒީރު ނަރެންދާ މޯދީގެ ސިޔާސީ އެކްޓިވިސްޓެއްގެ މައްޗަށް ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ދައުވާ އުފުލައިފިއެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި މި ވަނީ އެ މައްސަލާގައި 16 އަހަރުގެ އެ ކުއްޖަކު މިދިޔަ އަހަރު ރޭޕްކުރި މައްސަަލައެއްގައެވެ.
އެ ކުއްޖާއަށް އިންސާފްހޯދައިދިނުމަށް އެ ކުއްޖާ ބައްޕަ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޖަލުގައި އޮވެ އެ މީހާއަށް ވަނީ އެތައް އަނިޔާއެއްކޮށްފައެވެ. އެ މީހާ ފަހުން ވަނީ މަރުވެފައެވެ.
ކުލްދީޕް ސެންގ ސެގަރ ނަމަކަށް ކިޔާ އެ ސީޔާސީ މީހާއަކީ އެ މައްސަލަ ހިންދާލުމަށް ވަރަށް މަސައްކަތް ކުރިއެވެ.
ނަމަވެސް މިިދިޔަ ބުދަ ދުވަހު އޭނާގެ މައްޗަށް ކުޑަކުއްޖަކު ރޭޕްކުރި މައްސަލާގައި އަދި އިތުުރު ދެ ދައުވައެއް ވަނީ ކޮށްފައެވެ.
އޭނާގެ މައްޗަށް އެ ދައުވާކޮށްފައި ވަނީ މިދިޔަ އަހަރު ތެރޭގައި އެ ކުއްޖާ ގޭގައި ހުއްޓާ ރޭޕްކުރި މައްސަލާގައެވެ. އެ މައްސަލަ ފުލުހަށްވެސް އެ ކުއްޖާގެ އާއިލާއިން ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ބަލާފައެއް ނުވެއެވެ. އަދި އެ ކުއްޖާގެ ބައްޕަވެސް އެ މައްސަލަ ބަލައިދިނުމަށް ވަަރަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭނާއަށް ޖަލުގައި އެތައް އަނިޔާތަކެއް ދީފައި ހުއްޓާ ވަނީ މަރުވެފައެވެ.
މީގެ އިތުރުން އެ ކުއްޖާ އަމިއްލައަށް ގައިގާ ހުޅުރޯކޮށްގެން މަރުވާން އުޅުނު ކަމަށްވެސް ވެއެވެ.
އެ މައްްސަލަ އަލުން ބަލަން ފަށާފައި ވަނީ ޗީފް މިނިސްޓަރގެ އެދުމުގެ މަތިންނެވެ. އަދި އެ މައްސަލަ ފެޑެރަލް އިންވެސްޓިގޭޓރަސްއާއި ވަނީ ހަވާލުކޮށްފައެވެ.
އަދި އެ ކުއްޖާޣެ ބައްޕަ މަރާލި މައްސަލާގައިވެސް ސެގަރގެ އިތުރުން، އިތުރު ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
އިންޑިއާގައި ކޮންމެ އަހަރަކުވެސް 40،000 އަށްވުރެ ރޭޕް މައްސަލަ ހުށަހަޅާކަމަށް ރިޕޯޓްތައް ބުނެއެވެ.
ލިޔުމުގައި ވާއެއްޗެއް ރަނގަޅަށް ދޭހަނުވޭ.
ޖުމްލަ ހަމަޖެހޭގޮތަށް ލިޔަން ދަސްކުރުން ވަރަށް މުހިންމު. ތަރުޖަމާކުރުމަކީ ފަސޭހަކަމެެއް ނޫން. ބަދުއަޚުާޤީ ކަންކަމަށް މިނަށްވުރެބޮޑަށް ސަމާލުކަންދެންޏާވެސް ތިހެންވާނެ...
އިންޑިއާގެ ބްރޯ..