މިހާރު ކުރިއަށްދާ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަނުގައި، ދެވަނަ ފަހަރަށް އާމިނަތު ސައިނާ މުހައްމަދު ރަޝީދު ގޯލްޑަން މައިކް ހާޞިލުކޮށްފިއެވެ.

ސައިނާ މި މައިކް ހާޞިލުކޮށްފައިވަނީ މިހާރު ކުރިއަށްދާ އައިޑަލްގެ ތިއޭޓަރ ރައުންޑުގެ ދެވަނަ ޝޯވގައެވެ.

ތިއޭޓަރ ރައުންޑުގެ ދެވަނަ ޝޯވގައި ކޮންމެ ބައިވެރިޔަކުވެސް ލައިވް މިއުޒިކާއެކު ސޯލޯ ލަވައެއް ހުށަހަޅައިދޭއިރު، މި ރައުންޑުގެ ފުރަތަމަ ޝޯވގައި ހުށަހަޅައިދީފައިވަނީ ލައިވް މިއުޒިކަކަށް ގްރޫޕް ލަވަތަކެކެވެ.

މާލޭ ސިޓީގައި ބޭއްވި އޮޑިޝަނުން ސައިނާ ގޯލްޑަން މައިކް ހޯދާފައިވާއިރު، އެކަމުގެ ސަބަބުން އޭނާވަނީ ތިއޭޓަރ ރައުންޑުގެ ފުރަތަމަ ޝޯވގައި ހުށަހަޅަން ނުޖެހި، ސީދާ ދެވަނަ ޝޯވ އަށް ކޮލިފައިވެފައެވެ.

ގޯލްޑަން މައިކަކީ މި އަހަރުގެ ސީޒަންގައި މުޅިން އަލަށް ތަޢާރަފްކޮށްފައިވާ ބައެއްކަމަށްވާއިރު، މިފަހަރު ވަނީ "އޮން ސްޕޮޓް އެލިމިނޭޝަން" ވެސް ތަޢާރަފް ކޮށްފައެވެ.

ތިއޭޓަރ ރައުންޑަށް ފަހު ދެން އޮންނާނީ އައިޑަލްގެ ޕިއާނޯ ރައުންޑެވެ. މި ރައުންޑު ކުރިއަށް ގެންދާނީ ސްޓޫޑިޔޯގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙުދުޖަގިޔާ
  2. ޒިޔާނާ

    މޯލްޑިވިއަން ޓައިޓަލް ސައިނާއަށް ދީފަ ނިންމާލަންވީ އެއްނު. ސިޔާސީ ކަންތައްތައް މިއޮށް ގޮތުން ތިކަމަކާ އުޅެވޭވަރެއް ނުވެއޭ.

    • ބައްޔެއްނު

      ކައެ ސިޔާސީ ގިރައިގެން ބޯންވީނު؟ ?

  3. ާއަޒުމީ

    ސަައިނާގެ 2 މައިކް

  4. ލޮލް

    ޑަސަންޓް ޑިސާވް

  5. ޙުސް

    ސައިނާ ކީލެއް ރީތި. ނުވެސް އިނގޭ ކުރިން ސައިނާ އެއް. ދެން ތިމާގެ ގާތް މީހާ ނޫން ވީމަ ހަޑި ހަޑި ގޮވުން އެއި މިއުޅޭ މިއުޒިކު ނޭންގޭ ދިވެހި ބައިގަނޑުގެ ގޮތް. މާބޮޑަށް ތިމާއަށް އެނގޭހެން ހީވަންޏާ އަމިއްލަ ނަފްސާ ސުވާލު ކޮއްލަބަލަ ތިމާ އެތަނުގަ ޖަޖަކަށް ނީނނީ ކީއްވެތޯ. ލޮލް

    • ާްާޫްއައިޝާ

      ވަރަށް ބޮޑު ތެދެއް! ?

  6. މުހައްމަދު

    މިއަހަރުގެ އައިޑޯލް ލިބޭނެ ފަރާތް މިހާރު މިވަނީ ކަށަވަރު ވެފައި...

    ކުރިން މޮޅަށް ލަވަކިޔާފައި ހުރުމަކީ ކުރެޑިޓް ޕޮއިްނޓެއް ނޫން.

    ރަނގަޅު ފެންވަރުގައި ޖަޖުކަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް

  7. ހަ

    ހަލޯ

  8. ޝާދިން

    ސައިނާ ލަވަ ކިޔާލެއް ވަރަށް ސަޅި. ސައިނާގެ އަޑަކީވެސް ވަރަށް ވަރުގަދަ ރީތި އަޑެއް. މަގޭ އައިޑޮލްއަކީ މިފަހަރު ސައިނާ.....