ކައިވެންޏަށް ވަރަށް ގިނަ ބަޔަކު ތަން ތައްޔާރުކުރާނެއެވެ. ތަފާތު ގޮތަކަށް އެ ހަފްލާ ކުރިއަށްގެންދިޔުަށް އެތައް ބަޔަކު ބުރަ މަސައްކަތް ކުރާނެއެވެ. ދުވަހަށް ތައްޔާރުވުމަށް ދުވާލު ހަތަރުދަމު ކުރާނީ މަސައްކަތެވެ. ތަން ތައްޔާރުކުރުމެވެ.

މި މީހުންވެސް ތައްޔާރުވަމުން ދަނީ ކައިވެނީގެ ހަފްލާއެއް ގޮނޑުދޮށުގައި ބޭއްވުމަށެވެ. އެހެން ނަމަވެސް އެ ހަފްލާއަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ވަނިކޮށް މުޅި ހަފްލާ ކިލަަނބުކޮށްލީ ވާރޭގެ ތޫފާނެކެވެ.

އެ ތޫފާނުގެ ސަބަބުން ގޮންޒަލެޒް އާއި އޭނާގެ ލޯބިވެރިޔާ ކައިވެނީގެ ހަފްލާއަށް ހުރަސް އެޅުނެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އައެވެ. އޭނާގެ ކައިވެނީގެ ހަފްލާއަށް ތައްޔާރުކުރި ތަން ހަލާކުވަމުންދާ މަންޒަރު ބަލަން އޭނާ އިނީ ކާރުގެ ތެރޭގައެވެ. އެއިރު އޭނާގެ ގާތުގައި އޭނާގެ އާއިލާ މީހުން ތިއްބެވެ. އެންމެންވެސް ތިބީ މޮޅިވެރިވެފައެވެ.

އެހެން ނަަމަވެސް ކުއްލިއަކަށް މީހަކު އައިސް ކާރުގެ ދޮރުގައި ޓަކި ތަޅާފައި އެ ގޭގައި އެ ހަފްލާ ކުރިއަށްގެންދިޔުުމުގެ ދައުވަތި ދިނެވެ. އަދި އެ ހަފްލާއަށް ތައްޔާރު ކުރުމަށް އެ މީހުން ކުރި ބުރަ މަސައްކަތް ފެނުނުކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެެވެ.

އެ އަންހެން މީހާ ބުނީ، އެގޭގައި ކައިވެނީގެ ހަފްލާ ބޭއްވި ދާނެ ކަމަށެވެ. އެގޭގައި ހަފްލާ ކުރިއަށްދިޔައެވެ. 50 ވަރަކަށް ގެސްޓުން އެ ކައިވެނީގެ ހަފްލާއަށް ދައުވަތު ދިންއިރު، އެގޭގެ ތެރެއަށް ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ.

އަދި އެ މީހުންނަށް އެހީތެރިވެދިން އާއިލާއަށް ޝުކުރުވެރިވިއެވެ. އަދި ފަހުން އެ މީހުން ވަނީ އެހެން ޕާޓީއެއް އެ މީހުން އެންޖޭގް ކުރި ރެސްޓޯރެންޓް ތެރޭގައި ބާއްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު