ހާލުގައި ޖެހުނު އާއިލާއެއްގެ ކުއްޖަކު ވާރޭ ވެހެމުންދިޔައިރުވެސް، މަގުމަތީގައި ފިލާވަޅު ހަދަން އިން ތަން ފެނި އެތައް ބައެެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ޕިލިޕީންސްއަށް ނިސްބަތްވާ މި އާއިލާ މިހާރު އުޅެން ޖެހިފައި ވަނީ މަގުމަތީގައެވެ. ގެދޮރު ގެއްލި ނިކަމެތިވެ، މި ކުއްޖާ ފިލާވަޅު ހަދަން އިމާރާތެއްގެ ބޭރުގައި އިންއިރު، އޭނާގެ މަންމަ އާއި ކޮއްކޮ އޮތީ އެ ކުއްޖާ ކައިރީ ނިދާފައެވެ. މި އާއިލާ ނިކަމެތިވީ އެ ކުދިންގެ ބައްޕަ މާބޮޑަށް ބަލިވުމުންނެވެ

އޭނާގެ ބައްޕަ އަކީ ކުރިން އޮޓޯ ޑްރައިވަރެކެވެ. މާބޮޑަށް ބަލިވެ ވަޒީފާ ގެއްލުމުން އެ މީހުން ކުރިން އުޅުނު ގެއިން އެ މީހުން ބޭރުކޮށްލީއެވެ.

އެތައް ބައެއްގެ ސަމާލުކަން ލިބުނު މަނިއްލާނަމަކަށް ކިޔާ އެ ކުއްޖާއަކީ ގްރޭޑް 3ގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖެކެވެ.

މަނިއްލާ ފިލާވަޅު ހަދަން އިނީ ވިއްސާރާގައެވެ. އޭނާ ފިލާވަޅު ހަދަމުންދިޔައީ ކޯޓުގެ އެހީގައި އެ ފޮތްތަކަށް ވާރޭ ނުވެހޭނެ ގޮތް ހަދައިގެންނެވެ.

އެ ކުއްޖާ ފިލާވަޅު ހަދަން އިން ހާލު އެތައް ބަޔަކަށް ފެނުނުއިރު، އެ ކުއްޖާއާ ސުވާލުކުރީ އޭނާ ކައިރިން ލާފައި ހުރަސްކުރި މީހެކެވެ. އެ މީހާއަށްވެސް ވަނީ އިބްރަތެއް ހާސިލްވެފައެވެ.

އެ ކުއްޖާ ބުނީ، އެ މީހާ ކައިރިން އޭނާ ބޭނުންވަނީ މުޅި ކްލާހުން އެއްވަނަ ހޯދައިގެން ރަނގަޅު ވަޒީފާއެއް ހޯދާ، އާއިލާއަށް ހިދުމަތްކޮށްދިނުމަށް ކަމަށެވެ. އެ ކުއްޖާގެ ވާހަކަތައް އަޑުއަހާފައި އެމީހާއަށްވެސް ލިބުނީ ބޮޑު އުފާވެރިކަމެކެވެ. އަދި އެ ކުއްޖެއްގެ ހިތްވަރަށް އޭނާ ވަނީ ސާބަސްދީފައެވެ.

އަދި އޭނާ ބުނީ، އޭނާ ބޭނުންވަނީ އެ ކުއްޖާ ކަހަލަ ކިޔެވުމަށް އެހާ ޝައުގުވެރިކަން ހުންނަ ކުއްޖަކަށް އޭނާގެ ދަރިންވުމަކީ އުއްމީދެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާފީ

    ކިޔެވުމަށް ޝައުގު ހުންނަ ހިތްއަލި ކުދިން ކިޔަވާނެ ކިތަންމެ ދަތި ހާލެއްގައި އުޅެންޖެހުނުނަމަވެސް. ކިތަންމެ މުއްސަނދި ވަސީލަތްތައް އެންމެ ފުރިހަމައަށް ލިބެން ހުރިކަމުގައިވިޔަސް ކިޔެވުމަށް ޝައުގު ނެތް ހިތްއަލިނޫން ވިސްނުންކޮށި ބަޔަކު ހަމަ ނުކިޔަވާނެ. މިއީ ދުނިޔެ ދައްކަމުންދާ ހަގީގަތެއް އަބަދުވެސް. މިކުއްޖާގެ ހިތްވަރަށް ހަމަ އައްސަރިބަހާއި ސާބަސް ދެން!

  2. ނުރަބޯ

    އެކުއްޖާގެ ކައިރިންދިޔަމީހާގެ އަމިއްލަ އެދުންބޮޑެވެ. އެހެނީ އޭނާ އެކުއްޖާގެ ޙާލުއެނގުމުންވެސް އެއްވެސް އެހީއެއްނުވެ، ހަމައެކަނި ހިތްވަރުގެ ބަހެއް ބުނެލާފަ، އަމިއްލަ ދަރިން އެފަދަ ރަގަޅުކުދިންނަށް ވާން އެދެމުން ދިޔައީއެވެ.....!!!