އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރަމުންދާ ދަތުރާއި ދިމާކޮށް ލަންޑަންގައި ކުރިއަށްދާ އިހުތިޖާޖުގެ ތެރެއިން ވަނީ ޓްރަމްޕް އަށް މަލާމާތް ކުރުމަށް ފުއްޕާހަމެއް އަރުވާފައެވެ. ޓްރަމްޕްގެ ސިފަ އާއި އެއްގޮތް ކަމަށް ބުނާ އެފުއްޕާހަމުގެ ފޮޓޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފުއްޕާހަމުގެ ފޮޓޯއެއް އެޑިޓްކޮށް އެއީ ޓްރަމްޕް ކަމަށް ދޭހަވާ ގޮތައް ޖަރުމަންގެ ދައުލަތުގެ މީޑިއާ އިން ވެސް ވަނީ ޓްވީޓް ކޮށްފައެވެ. ޓްރަމްޕް އިނގިރޭސިވިލާތަށް ގޮސް ފްލައިޓުން ފޭބިތަނުން ނަގާފައިވާ ފޮޓޯ އާއި އަދިވެސް ރަސްމީ އެކި ހަފްލާތަކުގައި ނަގާފައިވާ ފޮޓޯތައް އެޑިޓްކޮށް ޓްރަމްޕްގެ ބަދަލުގައި ޖަރުމަންގެ ދައުލަތުގެ މީޑިއާ އިން ހިމަނާފައި ވަނީ ފުއްޕާހަމުގެ ފޮޓޯއެކެވެ.

ޖަރުމަންގެ ދައުލަތުގެ މީޑިއާ އިން ޓްރަމްޕްގެ ފޮޓޯއެއް އެޑިޓްކޮށް ޓްރަމްޕަށް މަލާމާތް ކޮށްފައި މިވަނީ ބްރަސަލްސްގައި އޮތް ނޭޓޯގެ ބައްދަލުވުމުގައި ޓްރަމްޕް ޖަރުމަން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ.

ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް އަށް ޓްރަމްޕް ފާޑުކިޔާފައި ވަނީ ޖަރުމަނުން، ރަޝިއާގެ ތެޔޮ ގަންނަމުންދާ ކަމަށް ބުނެއެވެ. އަދި ޖަރުމަނާއި ރަޝިއާ އާއި ދެމެދު ތެޔޮ ހޮޅިއެއް އަޅާތީ އެކަމަށް ވެސް ޓްރަމްޕް ވަނީ ފާޑުކިޔާފައެވެ.

ޓްރަމްޕް ބުނެފައިވާ ގޮތުގައި ރަޝިއާ އިން ދަނީ ޖަރުމަންގެ މައްޗަށް އަތްގަދަކޮށް ރަޝިއާގެ ބާރުގެ ދަށަށް ޖަރުމަން ގެންދަމުންނެވެ. އެކަން އޭނާ ބަލައި ނުގަންނާނެ ކަމަށް ޓްރަމްޕް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢޭނަ ހަމަތަ؟

  2. ޑިމޮކްރަޓިސްޓް

    ތެޔޮހޮޅި އެޅިއްޔާ މީނަޔަށްދެން ކޮންކަމެއް؟ މީނަގެ ބިމެއްތަ؟ މީނަގެ ހޮޅިތަ؟ މިއެކޭ ނަޝީދެކޭ ތަފާތެއްއެބޮތް؟ ނުބެހޭކަކަމެއްނެތް!

  3. ރޯނުއެދުރު