އިންޑިޔާގެ ގުރުގްރާމްގައި ހުންނަ އޭޓީއެމްއަކުން ފައިސާ ނަގި ފަރާތްތަކުގެ އެކައުންޓްއިން އެމީހުންނަށް ނޭނގި ލާރިކަނޑަމުން ދާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މިގޮތަށް ވާކަމަށް ރިޕޯޓްކޮށްފައިވަނީ ގުރުގްރާމްގެ ސެކްޓަރ 45 ވަނަ އޭޓީއެމްއިން ލާރި ނަގާ ފަރާތްތަކުގެ އެކައުންޓްތަކަށެވެ.

ފުލުހުން ބުނި ގޮތުގައި އެއްދުވަހެއްގެ ތެރޭގައި މިގޮތަށް ލާރި ކެޑި ކަމުގެ 50 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އަދި މިމައްސަލަ ތަކުގައި އެއްވެސް ކަހަލަ އެއްގޮތް ކަމެއް ހުރިތޯ ބެލިއިރު މިއީ އެއް އޭޓީއެމްއަކުން ފައިސާ ނަގާފައިވާ އެކައުންޓްތަކެއް ކަން އެނގުނު ކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅި މީހުން ބުނެފައިވަނީ މިމީހުންނަށް އެކައުންޓުން ލާރި ކަނޑާކަން އެނގެނީ ފޯނަށް ލާރި ނެގުމުން އަންނަ މެސެޖް އައުމުން ކަމަށާއި ނަމަވެސް ނަގާފައިވަނީ ކޮންތާކުން ކަމެއް މިމެސެޖްއަކުން ނޭނގޭ ކަމަށެވެ.

ފުލުހުން މިމައްސަލަ ތަޙްޤީޤް ކުރަމުން ދާއިރު، ސެކްޓަރ 45 ގެ އޭޓީއެއްގެ މަރާމާތެއް ގިނަ ފަހަރުމަތިން މިިދިޔަމަހު ތެރޭ ކުރެވިފައިވާކަމަށް ސީސީޓީވީ ފުޓޭޖްތަކުން ދައްކާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިގޮތަށް ލާރި ކަޑަނީ އޭޓީއެމް މެޝިންގެ ތެރެއަށް ޑިވައިސް އެއް ލައްވައިގެން ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ފުލުހުން ހާމަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު