ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ޑަތުގެ ދޮށީ ދަރިފުޅު ޓްރިޝާލާ ޑަތަކީ އަބަދުވެސް އިންސްޓަގްރާމަށް ދޯޅު، ޑެއިލީ ލައިފްގެ ފޮޓޯތައް އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށް އުޅޭ ކުއްޖެކެވެ. ޓްރިޝާލާގެ މިފަދަ ފޮޓޯތައް ފެންނަ ކޮންމެ ފަހަރަކު، އެއީ ސަންޖޭފަދަ އެކްޓަރުންގެ ދަރިންގެ އާދަ ކަމުގައި ހީވެދާނެއެވެ. ނަމަވެސް ޓްރިޝާލާ އެފަދަ އެހެން ސްޓާރުންގެ ދަރިންނާއި ތަފާތެވެ. ސަބަބަކީ އެފަދަ ގިނަ އެކްޓަރުންގެ ދަރިން ކެރިއަރެއްގެ ގޮތުގައި ބޮލީވުޑް ޚިޔާރުކުރި ނަމަވެސް، ޓްރިޝާލާ މިވަނީ ބޮލީވުޑަށް ނޫނެކޭ ބުނެފައެވެ.

އެކްޓްކުރުމާއި ފިލްމު ކުޅުމުގެ ދާއިރާއަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ޓްރިޝަލާ ބުނެފައިވަނީ އޭނާއަށް ބޮލީވުޑް ރަނގަޅު ފިލްމަކުން ޖާގަ ލިބުނު ކަމުގައިވިޔަސް އެކަމަށް ބުނެވޭނީ ނޫނެކޭ ކަމުގައެވެ.

 

ދާދިފަހުން ނިޔުޔޯކްގެ ހޮފްސްޓްރާ ޔުނިވާރސިޓީއިން ސައިކޮލޮޖީގެ މާސްޓާރ ލެވެލް ނިންމި ޓްރިޝާލާ، އިންސްޓަގްރާމްގެ އައު ފީޗާރ އެއްކަމަށްވާ "އާސްކު އަ ކުއެއްޝަން" މެދުވެރިކޮށް އޭނާއަށް ކުރިމަތިވި ބައެއް ސުވާލުތަކަށްވަނީ ޖަވާބުދާރީވެފައިވާއިރު، މީގެކުރިންވެސް ޓްރިޝާލާ ވަނީ އޭނާއާއި އޭނާގެ ބައްޕަ ސަންޖޭގެ ގުޅުމުގެ ވާހަކަ ވެސް ހިއްސާކޮށްފައިއެވެ.

ބައްޕައާއިއެކު ހުންނަ ވަގުތު ވަކި ތަފާތެއް އިހްސާސް ނުކުރެވޭ ކަމުގައާއި އެއީ ހަމަ އެހެން ބައްޕައިން ފަދައިން "ނޯމަލް ޑޭޑް" އެއް ކަމަށާއި އޭނާގެ ރުޅިގަނޑާއި އުޅުން ހުންނަނީ ބައްޕަގެ ގޮތަށްކަމަށާއި، އަދި އޯގާތެރިކަމުގެ ބައި ލިބިފައިވަނީ މަންމަގެ ފަރާތުން ކަމަށްވެސް ޓްރިޝާލާ ބުނެއެެވެ. އަދި މީގެއިތުރުން ދީލަތިކަމުގެ ބައި އެއީ އެދެމީހުންގެ ފަރާތުން ލިބިފައިވާ ބައެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކެންސަރު ބަލީގެ ޝިކާރައަކަށްވެ ޓްރިޝާލާ ކުޑައިރު އެނާގެ މަންމަ މަރުވެފައިވާއިރު، މިހާރު އުމުރުން 30 އަހަރުވެފައިވާ ޓްރިޝާލާ ދިރިއުޅެމުންދަނީ އޭނާގެ ބައްޕަ ސަންޖޭއާއި ވަކިން، އޭނާގެ މާމަމެންނާއިއެކު ނިޔުޔޯކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހޫމް ޜަގަލު

  2. މަ

    މީނަ އަށް 30 އަހަރު ވީމަވެސް ކުއްޖެކޭ މިކިޔަނީ
    އެކަމު 18 އަހަރުގެ މެލޭޝިޔާ ކުއްޖަ އަށް މީހާ އޯ??

    • ކިޔާ

      ހަހާ...ތީ މަވެސް އަޅައިގަތް ކަމެއް.