ބޮލީވުޑްގެ މަޝްހޫރު އެކްޓަރު، ސްރީ ދޭވީ މަރުވެއްޖެ އެވެ.

އުމުރުން 54 އަހަރުގެ ސްރީދޭވީ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށް އޭނާގެ ބޭބެއާ ހަވާލާދީ އިންޑިއާގެ ބޮޑެތި ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މަރުވި ވަގުތު ސްރީ ދޭވީ ހުރީ އޭނާގެ ފިރިމީހާ، ބޯނީ ކަޕޫރު އަދި ދަރިފުޅު ޚުޝީއާ އެކު ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސްރީ ދޭވީ މަރުވީ ޑުބާއީ ގައި އޮތް ކައިވެނީގެ ހަފްލާއަކަށް ގޮސް އުޅެނިކޮށެވެ. އެ ކައިވެންޏަށް މުޅި ކަޕޫރު އާއިލާވެސް ވަނީ ގޮސްފައެވެ.

ހިންދީ ފިލްމުތަކުން ފެނުމުގެ ކުރިން ސްރީ ދޭވީ ވަނީ ޓަމިލް، މަލަޔާލަމް ތެލެގޫ، ކަންނާޑާ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. ބޮލީވުޑަށް އޭނާ މަޝްހޫރުވެގެން ދިޔައީ 1975 ވަނަ އަހަރު ނެރުނު ޖޫލީ ފިލްމުންނެވެ. އެ ފިލްމުގައި ކުޅުނީ ކުޑަކުއްޖެއްގެ ރޯލެވެ. އެއަށްފަހު 1976 ވަނަ އަހަރު އުމުރުން 13 އަހަރުގައި އޭނާ ވަނީ ޓަމިލް ފިލްމެއް ކަމަށްވާ "މޫންޑްރު މުޑިޗު" ގައެވެ.

އެއަށްފަހު އެކި ފިލްމުތަކުން ލިބުނު ލީޑް ރޯލްތަކާއެކު ސްރީ ދޭވީ ވެގެން ދިޔައީ ބޮލީވުޑުން އުފެދުނު އެންމެ މަޝްހޫރު އަންހެން އެއް ތަރިއަށް ވެފައެވެ. އެގޮތުން 2013 ވަނަ އަހަރު އިންޑިއާގެ ސަރުކާރުން ވަނީ، އެގައުމުގެ ރައްޔިތަކަށް ދެވޭނެ އެންމެ މަތީ ލަގަބުތަކުގެ ތެރެއިން ހަތަރުވަނަ ލަގަބު، "ޕަދްމަ ޝްރީ"ގެ ލަގަބު އަރުވާފައެވެ.

ސްރީ ދޭވީގެ އެންމެ މަގުބޫލު އަދި އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ސަދްމާ، ޗާންދްނީ، ހިންމަތުވަލާ، ޗާލްބާޒް، މިސްޓަ އިންޑިއާ، ނާގިނާ އާއި ގުމްރާހު އަދި މިނޫންވެސް އެތައް ފިލްމެއް ހިމެނެއެވެ. ޖުދާއީ ނަމަކަށް ކިޔާ ފިލްމުން ފެނުމަށްފަހު 15 އަހަރުގެ ޗުއްޓީއެއް ނަގައި، ފިލްމީ ދާއިރާއާ ދުރަށް ޖެހިލުމަށްފަހު ދެން އޭނާ ފެނިފައިވަނީ 2012 ވަނަ އަހަރު ނެރުނު އިގްލިޝް ވިންގްލިޝް ފިލްމުންނެވެ. އޭގެ އިތުރުން މިދިޔަ އަހަރު ނެރުނު "މޮމް" ފިލްމުންވެސް އޭނާ ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަކީމު

    ސީރިޔާގައި އެތައް ސަތޭކަ މުސްލިމުންނެއް މަރުވެއްޖެ... އިންސާނުން ގާތުގައި އެމީހުންގެ ގަދަރެއް ނެތަސް ﷲ ގެ ޙަޟުރަތުގައި އެމީހުންގެ ދަރަޖަ އެތައް ގުނައެއް މަތިވެރިވާނެ.

    • ޗދ

      ان شاء الله

    • ހާމިދު

      ސުބްހާނަﷲ ވަރަށް ތެދު ވާހަކައެއް. އަޅެ މީގެންނޫހެއްގަ އިއްޔެ ޝަހީދުކޮށްލެވުނު ސީރިޔާ ގެ ކުޑަކުދިންތަކުގެ ވާހަކަ ޖަހާނުލާތާނގައި ކަމެއް ވެގެންއުޅޭހެންވެސް ހީނުވޭ. އާއިލާތައްހުރިގޮތަށް އެހަރަދުއްވާލަނީ. ފަލަސްތީނުގަ އެކަނިތޯ މުސްލިމުންތިބީ؟

  2. ހައް

    ހޫ ކެއާރސް