ސައުވީސް ބުރީގެ އިމާރާތެއްގެ މަތިން ފުއްމާލި މީހަކު މަރުނުވެ ސަލާމަތް ވެއްޖެ އެވެ.

އޭނާ ފުއްމާލީ ވައިކުޑަ އަޅައިގެން ކަމަށްވީ ނަމަވެސް، ފުއްމާލުމަށްފަހު ވައިކުޑަ ނުހުޅުވުމުގެ ސަބަބުން ވެއްޓުނު ބާރުމިނުގައި އައިސް ޖެހުނީ ބިމުގައެވެ. އެސަރަހައްދުގައި ތިބި ގިނަ ބަޔަކު ހީކޮށްގެން ތިބީ އޭނާ މަރުވާނެ ކަމަށެވެ. ނަމަވެސް އޭނާ މަރެއް ނުވެއެވެ. އެހެން ކަމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ.

ހޮސްޕިޓަލަށް ގެންދިއުމުން އޭނާ އަށް ފަރުވާދީފައިވަނީ އާދައިގެ އަނިޔާއެއް ލިބިގެން ދާ މީހަކަށް ދޭ ފަދައިންނެވެ. އޭނާއަށް މާކަ ބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީޑިއާ

    ފުކެޢް ބޮޑު ވަރު ކަލޯ