މަޝްހޫރު ތަރިން އިތުރަށް މަގުބޫލުވާވެގެން ބޭނުން ކުރަނީ މީސް މީޑިޔާއެވެ. މީސް މީޑީޔާގެ ޒަރިއްޔައިން ގިނަ ފޭނުން ހޯދައެވެ. އެ ފޭނުންނާއި ޕަބްލިކްކޮށް ވާހަކަދައްކަން ފެށުމުން އެ ވާހަކަތައް ނޫސްތަކަށް އަރާ އަނެއްކާ އިތުރަށް އެ ތަރިންގެ ސަމާލުކަން ބޮޑުވެގެން ދެއެވެ.

މިކަމަށް ގިނަ ތަރިން ބޭނުން ކުރާ އެކައްޗަކީ ޓްވިޓާއެވެ. އެތައް ހާސް ފޮލޯވާސްތަކާއެކުއެވެ. އެހެން ނަމަވެސް ޓްވިޓާގައި ހުރި ފޭކް އެކައުންޓްތައް ނައްތާލުމުގެ މަސައްކަތް ޓްވިޓާއިން ފަށާފައިވާއިރު، ގިނަ ބައެއްގެ ފޮލޯވާސް ގެއްލެމުންދާ ވާހަކަ އެބަދައްކައެެވެ.

ޓްވިޓާއިން މި ބަދަލު ގެނައުމަށް ނިންމީ ސައްހަ މީހުން ބޭނުންކުރާ ޕްލެޓްފޯމަކަށް ޓުވިޓާ ހެދުމަށެވެ. އެގޮތުން މަސައްކަތުގައި ބޮޓްތައް އުނިކުރާނެ ކަން ޓުވިޓާއިން އިއުލާނުކޮށްފައެވެ.

ޓްވިޓާގައި ގިނަ ފޮލޯވަސްތަކެއް ގެއްލުނު ބައެއް ތަރިންނަށް ބަލާއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓަޕެރީގެ އެކައުންޓުން 1.5 މިލިއަން ފޮލޯވާސް ވަނީ ގެއްލިފައެވެ. އަދި ޓެއިލާ ސްވިފްޓް އާއި ޖަސްޓިން ބީބާގެ އެކައުންޓުން ދެ މިލިއަން ފޮލޯވާސް ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ޓްވިޓާގައި ވަރަށް އެކްޓިވްކޮށް އުޅޭ ބައެއް ސިޔާސީ ފަރާތްތަކަށް ބަލާއިރު، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޓްވިޓާ އެކައުންޓުން ދެ މިލިއަން މީހުން ގެއްލުނުއިރު، އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓުން 340،000 ފޮލޯވާސް ވަނީ ގެއްލިފައެވެ.

ބައެއް އާއްމުންވެސް ދަނީ އެ މީހުންގެ ގިނަ ފޮލޯވާސްތަކެެއް ގެއްލިފައިވާކަން ހާމަކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާމިލު

    ކޮންމެވެސް މީހެއްގެ އެކަންޓުން 24000 އުނިވި ވާހަކަވެސް އެބަކިޔާ. މިހާރު 21000 ފޮލޮވަރސް ކަމަށްވަނީ ބާކީ ތިބީ