ބައެއް މީހުންނަކީ އަނެކެއާށް އެހީވުމުގައި އަމިއްލަ ފުރާނަ ގުރާބާންކޮށްލަންވެސް ތައްޔާރަށް ތިބޭ މީހުންނެވެ. އެއީ އެ މީހާއަށާއި، އެހެން މީހުންނަށް ލިބިދާނެ އުފަލަކަށްޓަކައެވެ. މިއިވެސް އެފަދަ މީހެކެވެ. އޭނާއަކީ ޓެކްސަސްގައި މަސައްކަތް ކުރާ ފުލުހެކެވެ.

އޭނާ އެ ވަނީ ކިޑްނީއަކަށް ބޭނުންވެފައި ހުރި މީހަކަށް ކިޑްނީއެއް ދިނުމަށް ނިންމާފައެވެ. ޖޭ ޖޯންސް ނަމަކަށް ކިޔާ އެ ފުލުސް އޮފިސަރު ކިޑްނީ ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ކްލޭން ބޮލްޓް ނަމަކަށް ކިޔާ މީހެކެވެ.'

ބޮލްޓްގެ އާއިިލާގައި، ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ ކްރައިޓީރިއާއަށް ފެތޭ މީހަކު ނެތެވެ. ޖޯންއަށް އެކަން އެނގުނީ، އޭނާ އަނބިމީހާގެ ފަރާތުންނެވެ. ޖޯންގެ އަނބިމީހާއާ ބޮލްޓްގެ ދައްތައަކީ ރަހުމަތްތެރިންނެވެ. އެ ވާހަކަ އަޑުހަފާއި ޖޯންވަނީ އޭނާ އެ ކްރައިޓީރިއާއަށް ފެތޭކަމުގައިވާނަމަ ކިޑްނީ ހަދިޔާ ކުރާނެ ކަމަށް ބުނެފައެވެ.

އެތައް ޓެސްޓުތަކަށްފަހު އެނގުނުގޮތުގައި، ޖޯންއަށް ވަނީ އޭނާއާ ބޮލްޓް އާދި ދެމީހުންގެ މެޗް ދިމާވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށްްވެއެވެ. އެގޮތުން މި މަހުގެ 18 ވަނަ ދުވަހު އެ އޮަޕަރޭޝަން ކުރާނެ ކަމަށް ވެއެވެ.

ގިނަ ބަޔަކު މިހާރުވެސް ދަނީ ޖޯންއަށް ހިތްވަރުދެމުންނެވެ. އަދި ޖޯންގެ އެ ނިންމެވުމަށް ސާބަސްދެމުން އަންނައިރު، އެފަދަ މީހުން އަދިވެސް ދުނިޔޭގައި ތިބީތީ އުފާވާކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު