އެމެރިކާގެ ނިއުޔޯކްގައި ދިރިއުޅެމުން އަންނަ މަންމައަކު ކޮންމެ ދުވަހަކު އޭނާގެ ނުވަ މަހުގެ ދަރިފުޅު ހަތަރި ގަޑިއިރުވަންދެން ފެންވަރުވަން ޖެހެއެެވެ. އެ ކުއްޖާ އެހާ ގިނައިިރު ފެންވަރުވަން ޖެހުނީ ހަމަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުންނެވެ.

އަންނާ ނަމަކަށް ކިޔާ އެ ކުއްޖާއަށް ޖެހިފައިވާ ބައްޔަކީ ހަރްލެކުރިން އިކްތިއޯއިސް ނަމަކަށް ކިޔާ ބައްޔެކެވެ. އެ ބަލީގެ ސަބަބުން ކޮންމެ ދުވަހަކު އޭނާގެ ރަތް ހަންގަނޑަށް ގެއްލުންތަކެއް ލިބެއެވެ. އޭގެ ސަބަބުން އޭނާގެ ހަންގަނޑު އިންފެކްޝަން ހެދި އިތުރު ކަންތަކަށްވެސް މަގުފަހިވެއެވެ.

ކޮންމެ ދުވަހަކު އެ ކުއްޖާގެ މަންމަ ހަ ގަޑިއިރުން އެއްފަހަރު ގައިގާ ލޯޝަން ހާކަން ޖެހެއެވެ. އަދި އަންނާއަށް ދިމާވެފައިވާ އެ މައްސަލައިގެ ސަބަބުން އެ މަންމަ ވަނީ އޭނާ އަދާކުރަމުންދިޔަ ވަޒީފާވެސް ދޫކޮށްލާފައެވެ.

އެހެން ނަމަވެސް އެ މަންމަ ބުނީ، އޭނާގެ ދަރިފުޅު މަގުމަތިން ފެނިގެން އެންމެން ކިޔަނީ އެ ކުއްޖާ ރީތިކަމުގެ ވާހަކަ ކަމަށެވެ.

އެ މަންމަ ބުނިގޮތުގައި، އެ ދަރިފުޅު މަރުވާން ދޫކޮށްލަން އޭނަ ބޭނުން ނުވެއެވެ. އޭނާ ބޭނުންވަނީ އެހެން ކުދިންނެކޭ އެއްފަދައިން އެ ކުއްޖާއަކީ ލޯބި ލިބިގެން ބޮޑުވާ ކުއްޖަކަށް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަށްފުށު

    މައިވަންތަ ކުލުނަކީ ހާދަހާވާ ވަރުގަދަ އެއްޗެއްތާއެވެ. މާތް ﷲ އަޅަމެން އެންމެނަށް ހިދާޔަތްދެއްވާ ނަރަކައިގެ ބިރުވެރި އަޒާބުން އަޅަމެން ސަލާމަތް ކުރައްވާނދޭވެ..

    • މީ

      امين

  2. ސްޕައިޑަ މޭން

    ޙފުޖ

  3. ހަނާ

    މި ކުއްޖާއަށް އަވަސް ޝިފާއަކަށް އެދެން.

    • މީހާ

      ކަލޭ އެދޭހާ ގޮތެއް ވޭތަ؟

      • މީ

        ان شاء الله

    • މީ

      امين