އޮޓީއިމިއުން ބައްޔެއްގެ ސަބަބުން މި އަންހެނާ ކޮންމެ ދުވަހަކު 19 ގަޑިއަރަށް ނިދަން ޖެހެއެވެ. ނިއުޔޯކްއަށް ނިސްބަތްވާ ކްރިސްޓެން ނަމަކަށް ކިޔާ މި އަންހެނާ ބުނިގޮތުގައި، އޭނާއަށް މިހެންވާން ވީ ކީއްވެކަމެއް ނޭގެއެވެ. އޭނާއަށް ފުރަތަމަ ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކެކެވެ.

ކްރިސްޓަން ބުނިގޮތުގައި، އޭނާއަށް ފުރަތަމަ ފެންނަން ފެށީ ހަންގަނޑުން ތަންތަން ކަނޑައިގެންގޮސް ހުންނަ ތަނެވެ. އަދި މާބޮޑަށް ހުންގަދަވެ ނިދަން ބޭނުންވާން ފެށީއެވެ.

އުމުރުން 27 އަހަރުގެ އެ އަންހެން މީހާ އެންމެ ފަހުން އެކަންތަކާއި ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނުގޮތުގައި، އޭނާއަށް ޖެހިފައިވާ ބައްޔަކީ ހަޝިމޮޓޯސް ސިންޑްރޯމްއެވެ.

އޭނާ ބުނިގޮތުގައި، އެ ބަލީގެ ސަބަބުން އޭނާއަށް އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންގޮސްފައި ވަނީ މާ ގިނައިރުވަންދެން ނިދަން އޮވެވުމެވެ. އަދި އެ ބަލީގެ ސަބަބުން ބައެއް ފަހަރު ހަށިގަނޑުގެ ތަންތާގައި ރިއްސާ ދިރިއުޅެންވެސް ނުކުޅެދޭ ވަރުވާކަމަށް އޭނާވަނީ ބުނެފައެވެ.

މީގެ ހަ އަހަރު ފަހުން އޭނާއަށް ކުރިމަތިވި އެ ބަލީގެ ސަބަބުން އޭނާއަށް ބޮޑަށް އުދަގޫވާން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. އެގޮތުން އޭނާގެ ކަމަކަށް އޮންނާނީ ނިދުމެވެ. ކޮންމެ ދުވަހަކުވެސް އެތައް އިރެއް ވަންދެން އޭނާ ނިދައެވެ. އެ ބަލީގެ ސަބަބުން އޭނާއަށް އިތުރުކަމެއް ކުރެވޭ ވަރެއް ނުވެއެވެ.

އޭނާ ބުނިގޮތުގައި، މިދިޔަ ފަސް އަހަރު ތެރޭގައި އޭނާ މަސައްކަތްކޮށްފައި ވަނީ އެ ބައްޔާއި ގުޅޭގޮތުން އެހެން މީހުން ހޭލުންތެރިކުރުވުމެވެ. އަދި އޭނާގެ އަމިއްލަ ހަކަތަ ނިދުމުގެ ބަދަލުަގައި އެހެން ކަންކަމަށް ދުއްވާލާން ބޭނުންވެ މިހާރު ޖިމަށްވެސް ދެއެވެ.

އަދި އަމިއްލައަށް އެ ބަލީގެ ދިފާއުގައި ދެތުވެ ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ކަސްރަތު ކުރުމުގައި އުޅޭއިރު، އޭނާއަކީ ޓީޗަރެކެވެ. ހިތްވަރާއެކު އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަނަ

    މީގެ ހަ އަހަރު ފަހުން އޭނާއަށް ކުރިމަތިވި އެ ބަލީގެ ސަބަބުން އޭނާއަށް ބޮޑަށް އުދަގޫވާން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.

    • ލަދުން ބޯހަލާކް

      ލިޔެނިމުނީމަ ރަގަޅު ދޯ ބަލާލަން

  2. ހުސޭނުބޭ

    މި އަންހެން މީހާއަކީ 19 ގަޑިއިރު ނިދާފައި ބާކީ 5 ގަޑިއިރު ސެލްފީނެގުމުގައި ހޭދަކުރާ މީހެއް.

    • ކައުންސެލަރު
  3. މީ

    الله يشفيك