ކޮންމެ މީހަކީވެސް އަރާމުގަ ނިދާލަން ބޭނުން ވާނެ މީހެކެވެ. އެހެން ކަމުން އެމީހެއް ފުދުންތެރިކަން ހުރި މިންވަރުން، އެމީހަކަށް އެންމެ ކަމުދާ ނުވަތަ އެމީހަކަށް ނިދާލަން އެންމެ އަރާމު އެނދެއް ނުވަތަ ގޮދަނޑި ގަންނަން ކޮންމެ މީހަކު ވެސް ބޭނުންވާނެވެ. އެއްޗެއް އޭގެ ޒާތުގައި އަގު ބޮޑުވެގެން ދާނީ، އެ އެއްޗެއްގެ ރީތި ކަމައި ފުރިހަމަ ކަމުންނެވެ. މިފަހަރު މިއޮތީ ދުނީޔޭގެ އެންމެ އަގު ބޮޑު އެނދު ތަކުގެ ލިސްޓަށް ކަޅިއެއް އަޅުވައިފައިއެވެ.

5 ސްޓެރީ ނައިޓް ސްލީޕް ޓެކްނޮލޮޖީ ބެޑް

7،71،000 ރުފިޔާގެ މި އަގު ހުރި އެނދު މި ވަނީ ދޫނިޔޭގެ އެންމެ އަގު ބޮޑު އެނދު ގެ ލިސްޓުން ފަސް ވަނަ މަގާމު ހޯދައިފައިއެވެ. މި އެނދު ފަރުމާކޮށްފައި ވަނީ ނިދާއިރު ގުގުރި ދަމާ މީހުންނަށް ޚާއްސަ ކޮށްގެންނެވެ. އެހެން ކަމުން މި އެނދުގައި ނިދާލައި މީހާ އަށް އެއްވެސް ހާލަތެއްގައި ނޭވާލުމަށް އުނދަގުލެއް ނުވާނެ ކަމަށް މި އެނދު ފަރުމާ ކުރި ފަރާތުން ބުނެއެވެ.

4 މެޖެސްޓީ VI ސްޕްރިންގް ބެޑް

ޝާހީ އެދެއްގެ ގޮތުގައި މަޝްހޫރު ޖެބް އެންސްޓޯޓޯސް އިން ފަރުމާ ކޮށްފައިވާ މި އެނދަކީ 6،000 ސްޕީރީން ބޭނުން ކޮށްގެން ހަދައިފައިވާ އެނދެކެވެ. އަދި ހަށިގަނޑުން ބަރު މީހުންނަށް ވެސް އެންމެ ކަމުދާ ގޮތަށް ތައްޔާރު ކުރެވިފައި ހުރި މި އެނދު، ދުނީޔޭގެ އެންމެ އަގު ބޮޑު އެނދުގެ ލިސްޓަށް އައިސްފައި މިވަނީ 1،301،448 ރުފިޔާގެ އަގަކާއި އެކުއެވެ.

3 ޖަޑޯ ސްޓީލް ސްޓައިލް ގޯލްޑް ބެޑް

މި އެނދު ފަރުމާ ކުރެވިފައި މިވަނީ ހަމަ އެކަނި ނިދާލަން އެކަންޏެއްނޫނެވެ. ސަބަބަކީ، މި އެނދުގައި ވަށައިގެ ލަވަ ޖަހާ ސިސްޓަމް އަކާއި، ޕްލޭސްޓޭޝަން އަކާއި އިންޓަރނެޓް ގެ އިތުރުން ޑީވީޑީ ޕްލޭޔަރެއްވެސް އިނދެއެވެ. އެހެން ކަމުން މި އެނދުގައި މުޅި ދުވަސް ހޭދަ ކޮށްލަން ކޮންމެ މީހަކުވެސް ބޭނުން ވާނެވެ. ގިނަ އަދަދަކަށް ރަން ބޭނުން ކޮށްގެން ޖަރީ ކޮށްފައި ހުރި މި އެނދުގެ އަގަކީ 10،431،630 ރުފިޔާއެވެ.

2 މެގްނެޓިކް ފްލޯޓިންގެ ބެޑް

ޖަންޖަޕް ރުއިޖްސެނާރސް ގެ މެގްނެޓިކް ފްލޯޓިންގް ބެޑް އަކީ ދަގައްފާނުގެ އެހީގައި އެއްވެސް ތަނެއްގައި ނުޖެހި ހުންނަ އެދެކެވެ. މި އެދަކީ ބަލާލަން ވަރަށް އާދައިގެ ރީތި އަދި ބަލާމީހުން ހައިރާން ކޮށްލާވަރުގެ އެދެކެވެ. 24،672،000 ރުފިޔާގެ މި އަގުހުރި އެނދު މިވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު އެނދުގެ ލިސްޓުން ދެވަނަ ހޯދައިފައި އެވެ.

1 ބަލަޝީނޯ ސުޕްރީމް ބެޑް

24 ކެރަޓް ގެ ރަން ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ މި އެނދަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެނދެވެ. އޭގެއިތުރުން މިއެދުގައި ބޭނުން ކުރެވިފައިވާ ވަކަރު ތަކަކީ ވެސް ދުނީޔޭގެ މާރކެޓްގައި އެންމެ އަގުބޮޑު ވަކަރެވެ. މި އެނދު ގެ ޖުމްލަ އަގަކީ 97،146،000 ރުފިޔާއެވެ.

މި އަގުގައި މި އެނދު ބޭނުން ކުރާފަރާތްތަށް ވެސް އެބަ އުޅެއެވެ. މީގެން ދޭހަ ވަނީ ތިމާގެ ފުދުން ތެރިކަން ހުރި މިންވަރުން ތިމާ ނިދަން އެންމެ އަރާމު އެނދު ހޯދާނެކަމެވެ.

 

ކިޔުންތެރިންގެ ހިޔާލު