އެފްރިކާގެ އެކްޓްރެސް އެމެންޑާ ޑު-ޕޮންޓްސް އާއި ލޯބިވެރިޔާ ޝަވްން ރޮޑްރިގުއޭޒް އާ ދެ މީހުން ރާއްޖޭގެ ރިސޯޓެއްގައި އެންޖޭޖް ވެއްޖެއެވެ.

މި ދެ މީހުން އެންގޭޖްވެފައި ވަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައިކަން ހާމަކޮށްފައިނުވި ނަމަވެސް، އެންގޭޖްވެފައި ވަނީ ރާއްޖޭގައިކަން ވަނީ ހާމަކޮށްފައެވެ. މި ދެ މީހުން އެންގޭޖްވެފައި ވަނީ މޫދު ކައިރީގައެވެ.

އެމެންޑާ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ޝަވްން އޭނާ ކައިރިން އިންނަން އަހާފައިވާކަމަށާއި، އޭނާ އެކަމަށް އާއެކޭ ބުނި ކަމަށެވެ. މީސް މީޑީޔާގައި ދައުރުވަމުންދާ އެ ވީޑިޔޯގައި އެމެންޑާ ވަރަށް ބޮޑަށް ސަޕްރައިޒްވެފައި ހުރިކަން އިނގެއެވެ.

އެމެންޑާ އެ ވީޑިޔޯ މީސް މީޑިޔާގައި ހިއްސާކޮށް ލޯބިވެރިޔާއަށް ވަރަށް ތައުރީފް ކުރިއެވެ.

މި ދެ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިސްފައި ވަނީ އެމެންޑާގެ 30 ވަނަ އުފަންދުވަސް ފާހަގަކުރުމަށާއި އެކުގައެވެ.

އެމެންޑާ އާއި ޝަވްން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފުދޭވަރަކަށް ދުވަސް ވެދާނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، 2015 ވަނަ އަަހަރުން ފެށިގެން މި ދެ މީހުން އުޅެނީ ރައްޓެވިވެގެންނެވެ.

އެމެންޑާއަކީ ޓީވީ ހޯސްޓެކެވެ. އަދި މޮޑެލްއެއްގެ އިތުރުން ބްރޭންޑް އެމްބެސެޑަރެއްވެސް މެއެވެ. އަދި މަދު މަދުން ފިލްމްތަކުންވެސް އޭނާ ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިޔާ