ބޮލީވުޑްގެ މަޝްހޫރް އަދި އިންޓަނޭޝަނަލް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާއި އިނގިރޭސިވިލާތުގެ މަޝްހޫރް ލަވަކިޔުންތެރިޔާ ނިކް ޖޯންސްގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ ހުއްޓުމެއް ނެތް ވާހަކައެކެވެ. ޕްރިޔަންކާ ދާދިފަހުން ކައިވެނިކުރަން ބޭނުންވާ ކަމުގައި ބުނެފައިވާއިރު، މިދެމީހުން އެއްކޮށް ނިޔުޔޯކަށް ދަތުރުކޮށް އުފާވެރި ވަގުތުތަކެއް ހޭދަކުރިކުރުން ގިނަބަޔަކު ސިފަކުރަނީ ވަރަށް ރޮމޭންޓިކް ކޮށްނެވެ. ނުވިތާކު، މިހާރު އެންމެ ބޮޑަށް މީޑިއާ ތަކުގެ ވައިގައި ހިފައިގެން އުޅޭ ޚަބަރަކީ ޕްރިޔަންކާއާއި ނިކް އިންޑިއާއަށް ދަތުރުކޮށް، ޕްރިޔަންކާގެ މަންމައާއި އާއިލާގެ އިތުރުން ބައެއް ރައްޓެހިންނާ ބައްދަލުކުރި ޚަބަރެވެ.

އާއިލާއާއި ރައްޓެހިންނާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްފަހު، ޕްރިޔަންކާއާއި ނިކް، ފަހުން ވަނީ ދެމީހުން އެކަނި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިންޑިއާގެ ކެޕިޓަލް ޕާޓީ ގޯއަށް ވެސް ގޮސްފައެވެ.

އޭގެއިތުރުން، އަކާޝް އަންބަނީއާއި ޝްލޯކާ މެހްތީގެ ޕްރީ އެންގޭޖްމެންޓް ސެރެމެނީއަށްވެސް ޕްރިޔަންކާއާއި ނިކް އަތުގުޅާލައިގެން ހާޒިރުވި ސްނެޕްތައް މީސްމީޑިއާގައި ދައުރުވެފައިވެއެވެ.

ވޯގްގެ އިވެންޓެއްގައި ވާހަކަދައްކަމުން ޕްރިޔަންކާ އޭނާގެ ދިރިއުޅުމުގެ ބައެއް އުފާވެރިކަންތައްކުގެ ވާހަކަތައް ހިއްސާ ކުރަމުން މީގެކުރިން ބުނެފައި ވަނީ، އޭނާ ކައިވެނި ކުރަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަން ބޭނުންވަނީ ކޮން އިރަކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޕްރިޔަންކާގެ މަންމައާއި ރައްޓެހިންނަށް ނިކް ތައާރަފްކޮށްދިނުމަށް އިންޑިއާއަށް މި ދެ ލޯބިވެރިން ކުރި ދަތުރު ސިފަކުރަމުން ޕްރިޔަންކާ ބުނެފައިވަނީ، ނިކްވެސް މި ދަތުރު ވަރަށް "އެންޖޯއީ" ކުރިކަމަށާއި މިކަހަލަ ދަތުރުތަކުގެ ސަބަބުން އެކަކު އަނެއްކަކު ރަނގަޅަށް ދަސްވާކަމަށާއި ނިކްއަށްވެސް މިއީ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވާނެކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ޕްރިޔަންކާ އާއި ނިކް އެންގޭޖް ވާން އުޅޭކަމަށް ހަބަރުތައް ފެތުރިފައިވާއިރު، މިހާތަނަށް އެކަން ދެ މީހުން ކުރެ އެކަކުވެސް ދޮގު ކޮށްފައެއް ނުވެއެވެ. އަދި، އެކަމާއި ވިއްދައިގެން އެއްޗެއްވެސް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެސޮރު އެ އުޅެނީ މާމަޔާ ރައްޓެހިވެގެންތަ؟

  2. ށަޒުު

    ޜުފިޔަަަަ ދެންޔަ ވިނުން ބުރޮ