ބޮލީވުޑްގެ ބަތަލް ސަލްމާން ޚާން ހުއްސަރި ބައިކޮށް ހުންނަނީ ކީއްވެގެންތޯ އެތައް ބަޔަކު ސުވާލު ކުރެއެވެ. އެ ވާހަކަތައް އެކި ހަފްލާތަކުގައި ދައްކަމުން ގޮސް އަނެއްކާވެސް ވަރަށް ފަހުން މި ވަނީ ސަލްމާން ކައިރިން އެ ސުވާލުކޮށްފައެެވެ.

ވަރަށް ފަހުން މުމްބާއިގައި ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިން މިހާރު އުމުރުން 52 އަހަރު ވެފައިވާ ސަލްމާން ބުނެފައިވާގޮތުގައި، އޭނާއަތުގައި ކައިވެނި ހަފްލާ ބާއްވާވަރަކަށް ފައިސާއެއް ނެތެވެ. އަދި އެއީ ވަރަށް އަގުބޮޑު ކަމެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އަހަރެން ބައްޕަ ކައިވެނި ކުރީ 180 ރުޕީސް ޙަރަދު ކޮށްގެން" ސަލްމާން ބުންޏެވެ.

އެކަމަކު މިހާރު ކައިވެނީގެ ހަފްލާތައް އަގުބޮޑުވެފައިވާކަމަށާއި، އެކަން މިގޮތަށް ދިމާވާން ޖެހުނީ ޑްރާމަތަކާއި ފިލްމްތަކުގެ ސަބަބުންކަމަށް ސަލްމާން ބުންޏެވެ.

"ސޫރަޖް ބާރްޖަތިޔާ ކަހަލަ ފިލްމް ހަދާ މީހުންގެ ސަބަބުން ކައިވެނިތައް އެހާއަގުބޮޑު ވެފައި ވަނީ މިސާލަކަށް އޭނާގެ ހަމް އާޕްކޭ ހޭނ ކިއު އާއި ސާތް ސާތް ހޭނ. މިކަހަލަ ކައިވެނީގެ ހަފްލާތަކުގެ ސަބަބުން ކައިވެނީހެ ރަހަދުތަކަށް އެކަނިވެސް ލައްކައަކަށްވުރެ ގިނަ ފައިސާތައް ހަރަދުވޭ. އަހަންނަށް އެވަރަަށް ހަރަދެއް ނުކުރެވޭނެ. އެހެންވެ އަހަރެން ސިންގަލްކޮށް މިހުރީ". ސަލްމާން ބުންޏެވެ.

މި މޭރުމުން ސަލްމާން ވާހަކަދެއްކި ނަމަވެސް 2014 ވަނަ އަހަރު ސަލްމާން ވަނީ އޭނާގެ ކޮއްކޮގެ ކައިވެނީގެ ހަފްލާވެސް ބާއްވަ ދީފައެވެ. އެ ކައިވެނީގެ ހަފްލާއަކީ އިންޑިއާގައި ބޭއްވި އެންމެ ބޮޑު އެ ހަފްލާއެެވެ.

މީގެ އިތުރުން ސަލްމާން އަކީ އަހަރެއްގެ މައްޗަށް 232.83 އިންޑިއަން ރުޕީސް ލިބޭ މީހަކަށްވެފައި އޭނާ ވަނީ ފޯރބްސްއިން ނެރޭ ޓޮޕް 100 މުއްސަނދި ސެލެބްރިޓީންގެ ލިސްޓުގައި ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Ñ

    ތިއަބޭ ހަމަ ދަހީ

  2. ސަލީމާ

    "އަހަރެއްގެ މައްޗަށް 232.83 އިންޑިއަން ރުޕީސް ލިބޭ މީހަކަށްވެފައި".... މީ މުއްސަދި ބާ؟؟؟

  3. Anonymous

    ހާދަ މޮޅު ޚަބަރެކޭ

  4. ވަކަހަންގަނޑު

    ބިޓުންނަށް ހެސްކިޔާފަ ހަރަދުކުރެވޭ... ޝަވަރ ޖެލް ހަރަދު ދެން ބޮޑުވާނީ

  5. އއއއއ

    ފަގީރެއް ވިއްޔަ.

  6. ހުމުދު

    ތިވަރުން އޭނަޔައް ހެޔޮވަރު ޖަގިޔާ އެއްވެސް ނުގަނެވޭނެ.....