ދަނޑުވެރިޔަކު މަސްތުގެހާލުގައި ހުރެގެން ހަރުފައެެއްގައި ދަތް އަޅާ މަރާލައިފިއެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ މީހާ ދަތް އަޅާފައި ވަނީ އެންމެ ވިހަގަދަ ހަރުފަތަކުގެ ތެރެއިން ހަރުފައެއްގައެވެ. އަދި އޭނާ ސަލާމަތުން ހުރީ ކިރިޔާކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ޕަޗާރް ވިލޭޖްގައި މި ހާދިސާ ހިނގިއިރު، ޖާލިމް ސިންގ ނަމަކަށް ކިޔާ އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ވަރަށް ބޮޑަށް ހާލު ދެރެވެގެންނެވެ. އެހެން ނަމަވެސް އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ނޫސްތައް ބުނާގޮތުގައި، ޖާލިމް ދަތް އަޅާފައި ވަނީ ކަޅު ކުލައިގެ ހަރުފައެއްގައެވެ. އަދި އޭނާ ދަތް އެޅިތާ އިރުކޮޅެއް ފަހުން އެ ހަރުފަ ވަނީ މަރުވެފައެވެ.

ޑޮކްޓަރުން ބުނިގޮތުގައި، ޖާލިމްއަށް ކުރެވުނީ ކޮންކަމެއްކަން އޭނާއަށް އެނގުނީ ހަރުފައިގައި ދަތް އެޅުމަށްފަހު ކުޑަ އިރުކޮޅެއް ފަހުން ކަމަށެވެ. އަދި އޭނާގެ ހާލު ދެރެވީ އެކަމާއި މާބޮޑަަށް ހާސްވުމުންކަމަށް ޑޮކްޓަރުން ބުންޏެވެ،

އަދި އެ ހަރުފައިގެ ވިހަ އޭނާގެ ހަށިގަނޑުގެ ގުނަވަންތަކަށް ވާސިލްވިނަމަ މަރުވުން ވަރަށް ގާތްކަަމަށްވެސް ޑޮކަރުންނާއި ހަވާލާދީ އިންޑިއާ ނޫސްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު