މަގުމަތިން ހިނގާފައިދާ އަންހެނުންނާއި ފޮށުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ބޮޑު މައްސަލައެކެވެ. މިމައްސަލަ ވަކިން ބޮޑެތި ގައުމުތަކުގައި މިމައްސަލަ ބޮޑުވާ އެއް ސަބަބަކީ މިފަދަ ކަންކަން ކުރާ މީހުންނަށް އަދަބު ނުލިބުމެވެ. އަންހެނުންނާއި ފޮށޭ ފިރިހެނުންނަށް އަދަބެއް ނުލިބޭ އެއް ގައުމަކީ މިސްރެވެ. ނަމަވެސް އެތާރީޚް މިދިޔަ ހަފްތާގައި މިވަނީ ބަދަލު ވެފައެވެ.

މިސްރުގެ 20 އަހަރުގެ އަންހެނެއް ކަމަށްވާ ރާނިއާ ލޯކަލް މާރޭކޭޓަކަށް ދަނިކޮށް އޭނާ އާއި ފޮށުނު 25 އަހަރުގެ ފިރިހެނަކާއި ދެކޮޅަށް ރާނިއާ މައްސަލަ ހުށަހަޅާ އެންމެ ފަހުން ކާމިޔާބު ވެސް ކޮށްފިއެވެ.

ރާނިއާ އާއި ފިރިހެނަކު ފޮށުމުން ފުރަތަމަ ވެސް ރާނިއާ ވަނީ އޭނާ އަަށް ހަމަލާ ދީފައެވެ. އަތް ދަބަހުން ފިރިހެން މީހާ އަށް އޭނާ ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުވަމުންނެވެ. ރައްދުގައި ފިރިހެން މީހާ ވެސް ވަނީ ރާނިއާ އަށް ހަމަލާ ދީފައެވެ. އެންމެ ފަހުން ދެމީހުން ދުރުކުރަން ޖެހުނީ މީހުން އެއްވެގެންނެވެ.

ފިރިހެން މީހާ ވަނީ ފޮށުމުގެ އިތުރުން ރާނިއާ އަށް ހަމަލާ ވެސް ދީފައިކަމަށް ނިންމާ އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އަދި 175 އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މިއީ އަންހެނަކާއި ފޮށުނު ފިރިހެނެއްގެ މައްޗަށް މިސްރުގެ ކޯޓަކުން ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ.

https://www.youtube.com/watch?time_continue=85&v=Sp8p1Ovz8g8

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ،ދާދާ

    ދެން ސާބިތުނުވާ ގައުމަކައް އޮންނަނީ ދިވެހި ރާއްޖެ އެވާހަކަވެސް ޖަހާލިނަމަ

    • ތިމަންނަ

      ސާބަހޭ ކަމަނާ! ފެންނަ ގޮތުން މިއަހަރަކީ ހަމަ ކަމަނައިންގެ އަހަރު

    • ސައިނީ

      ކެކެކެކެކ އަސްލުވެސް ދޯ ރާއްޖޭގެ ނަމަ އަންހެނުން ބޭނުންވާނެ ބެހޭތޯ ބެލުން

  2. ހަމަނެތީތަށް މިކަމަށް ހައްލެ

    މި ރާއްޖޭގަވެސް ތީ އާއްމު ކަމެއް، ދިވެހިންނަށް ވުރެން ވެސް މިތާ އުޅޭ ބިދޭސީން. ޙާސަކޮށްް ބަނަގްލަދޭޝީން، އެމީހުން ފޮޝުމާއި އެއްވަރަށް އެމީހުންގެ ބަހުން ހަޑި ހުތުރު އެއްޗެއްހިވެސް ކިޔާ. މަގުމަތީގަ އަންހެނަކު އެކަނި ހިގާފަ ދަންޔާ ގައިގަޖެހިލާފަ ނޫނީ ނުދެވޭ. ދެރައީ އެމަންޒަރު ފެންނަށް ދިވެހިންވެސް އަޅާ ނުލާތީ.

  3. އައިރާ

    ހައްހައްހާ....މިވީޑިޔޯ ބަލާފަ މަ ހީހީ ހަލާކު.މަށަށް ސިފަވީ ފިޔޮށް ކުކުޅަކާ ބެހުނީމަ އޭތި ފުންމައިގެން އަންނަ ގޮތް.....މިފަހަރު މިއޮތީ ކުޅަނދުރު ހަތަޔަށް އޮށްގާ އުކިފަ.އަސްލު މިހެން އުޅޭ މީހުންނަށް ހަދަންވީ މިކަހަލަ ގޮތެއް.ވ.ގިނައިން މިކަހަލަ ހާދިސާތައް ދިމާވޭ އެކަނި މަގުމަތިން ހިނގާފަ ދާއިރު.ނުވެސް ދަންނަ މީސްމީހުންގެ ފަރާތުން ފެންނަ މިކަހަލަ ނޭދެވޭ އަމަލުތަކުގެ ސަބަބުން މައިންބަފައިންގެ ހާޒިރުގަ ވެސް އެބަހުރި މިކަހަލަ ލަދުވެތި ހާދިސާތަކާއި ކުރިމަތި ލާންޖެހިފަ.މަގޭގެ އަސްލު މައްސަލައަކީ ރައްދުގައި މިކަހަލަ ހަމަލާއެއް ދޭންނުކެރުން އަދި އަނގައިންވެސް އެއްޗެއް ބުނަން ނުކެރުން.ނުވިސްނާ ހުއްޓަ މިކަހަލަ ކަމެއް ދިމާވީމަ ހުންނަނީ ޝޮކެއް ޖެހިފަ.އެތައް އިރެއްވާފަހުން ނަފްސު ހަމައަކަށް މިއެޅެނީ.ގިނަފަހަރަށް މިކަހަލަ ކަންކަމާ ދިމާވަނީ ތަނަކަށް ދާން ލަސްވެގެން އުޅޭ ގަޑިގަޑީގަ ބޫންކަނޑާލާފަ ދާއިރު.އެންމެ ރުޅިއަންނަނީ ގައިގަ އަތްލާތީ.އެކަހަލަ ގަޑިގަޑީގަ ހިތަށް އަރާ މަމީ މިނިކާ ފުރޭތައެއް ނަމައޭ.

  4. ާއަލީ

    ފޮށުނޭކިޔާފަ ނުޖެހޭ ދަބަހުން ޖަހާކަށް. ރާނިޔާ އަށްވެސް ދައުވާކުރަން ޖެހޭނެ

  5. ޒާން

    ވަރަށް ބަރާބެރު

  6. ނަނަ

    ތިވަރުވެސް ކުަަޑަ ގަދަ