ކުޑައިރުގެ ހަނދާންތައް އާކޮށްލާނަމަ އޭރު އެންމެ ހިތައް އަރާ އެކައްޗަކީ އެއްމާބަނޑު ކޮއްކޮއެއް ނުވަތަ ބޭބެއެއް ހުންނަ ނަމައެވެ. އޭރުން ގިނަ ފަހަރަށް ހުންނާނީ ގިނަ މީހުންނަށް އެއީ ކާކުކަން މިއީ ކާކުކަން ނޭނގިފައެވެ.

މިއީ މިހާރުވެސް ބައެއް އެއްމާބަނޑު ކުދިން ތިބޭ އާއިލާތަކުގައި ދިމާވާ ކަމެކެވެ.

މިއީ ގިނަބަޔަކަށް ހިނިތުންވުން ގެނެސްދިން ވީޑިޔޯއެކެވެ. އެ ވީޑިޔޯގައި ކުޑަކުއްޖަކަށް އޭނާގެ ބައްޕައާ ވައްތަރު މީހަކު ފެނިގެން އޭނާއަށް ވާގޮތް ފެނިފައި އެތައް ބައެއްގެ މޫނަށް ހިނިތުންވުން ގެނެސްދިންއިރު، އެއީ އެ ކުއްޖާއަށް އޭނާގެ ބައްޕަގެ ޓްވިން ފެނުނު ފުރަތަމަ ފަހަރެވެ.

ޗާލީ ނަމަކަށް ކިޔާ އެ ކުއްޖާއަށް އޭނާގެ ބައްޕައާ ވައްތަރު ބައްޕަގެ ބޭބެ ފެނުމުން އޭނާއަށް ވީގޮތް ބުނެދޭންވެސް ނޭނގެއެވެ. ދެމީހުންގެ ތަފާތު ކަމަކަށް ހުރީ ދެ މީހުން އިސްތަށި ކޮޅާއި އަޅައިގެން ހުރި ހެދުމެވެ. އަނެއްހެން ދެން މާބޮޑު ތަފާތެއް ފެންނަން ނެތެވެ.

ޗާލީ އެ ވަގުތު ހުރީ އޭނާގެ ބައްޕަގެ އުގުގައެވެ. ބޭރު ދޮރު ހުޅުވާލުމުން ޗާލީގެ ކުރިމަތީގައި ހުރީ ބައްޕައާ ވައްތަރު މީހާއެވެ. އޭނާ ފެނުމުން ޗާލީގެ މޫނަށް ގެނުވީ ހިނިތުންވުމެކެވެ. އަދި ފަހަުން އެ މީހާ ޗާލީ ނަގަން އުޅުން ނަމަވެސް މާގިނައިރު ވަންދެން އެ މީހާ ކައިރީ ހުންނަން ބޭނުން ނުވިއެވެ.

ކޮންމެ ގޮތެއްވިޔަސް ޗާލީއަށް އޭނާގެ ބައްޕަ މި ވަނީ ދެނެގަނެވިފައިތާއެވެ.

ކިޔުންތެރިންގެ ހިޔާލު