ބޮލީވުޑްގެ މަޝްހޫރް އެކްޓަރު ރަންވީރް ސިންގްއަކީ އަބަދުވެސް ތަފާތު ފިލްމުތަކުން ފެންނަ ކުޅަދާނަ އެކްޓަރެކެވެ. ފިލްމުތަކުގެ މައުލޫމާތާއި ޝޫޓިންތަކުގެ ފޮޓޯތައް އިންސްޓަގްރާމްގައި ޕޯސްޓުކުރާ ރަންވީރް އަނެއްކާވެސް ސައިންސް- ފިކްޝަން ފިލްމަކުން ފެންނަން އުޅޭކަމުގެ ސިގްނަލްތައް ދޭން ފަށައިފިއެވެ.

ދާދިފަހުން ރަންވީރް އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯގައި ރަންވީރް ހުރީ ހުދު ކުލައިގެ ހެނދުމެއްގައިއެވެ. އޭނާގެ އަތުގައި ވެޕަން ބަޑިއެއް އޮތްއިރު، ލޮލުގައި ގޮގްލްސްއެއް ވެސް އަޅާފައިވާ މަންޒަރު ފެނެއެވެ. މި ފޮޓޯގެ ތިރީގައި "ކަމިން ސޫން" އޭ ލިޔެ ރަންވީރް ކުރި މި ޕޯސްޓު ފެނި ގިނަ ބަޔަކު ބުނަމުންދަނީ، އޭނާ އެ އަލިއަޅުވަލީ އޭނާގެ ދެން ކުރިއަށް އޮތް ފިލްމުގައި އޭނާގެ ކެރެކްޓާއާއި ބެހޭގޮތުން ކަމަށެވެ.

https://www.instagram.com/p/BlNGmZTA7qp/?utm_source=ig_embed

ރަންވީރްގެ މި ޕޯސްޓު ފެނި ހައިރާންކަން ގެނުވީ ހަމައެކަނި އާންމުންނާއި އޭނާގެ ފޭނުންނަކަށް ނޫނެވެ. މެގަ ޕްރޮޑަކްޝަން ހައުސް ޔަޝް ރާޖް ފިލްމްސް އަށްވެސް ހައިރާންކަން ލިބުމުން އެ ޕްރޮޑަކްޝަން ހައުސްއިންވެސް ވަނީ ޕޯސްޓެއް ޝެއާކޮށް ރަންވީރަށް ހިތްވަރު ދީފައެވެ.

ފިލްމު "ޕަދުމާވާތު" އިން އާންމުންގެ ލޯތްބާއި ބޮޑު ޝައުގުވެރިކަމެއް ހޯދި ރަންވީރް ދެން އެންމެ އަވަހަށް ފެނިގެންދާނީ ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ބޮލީވުޑް ފިލްމު "ސިންބާ" އިން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގައި ރަންވީރް ފެނިގެންދާނީ ޕޮލިސް އިންސްޕެކްޓަރެއްގެ ރޯލުންނެވެ.

ރަންވީރް އޭނާގެ ކުރިއަށް އޮތް ފިލްމާއި ގުޅިގެން މި ދިން ފެހި ސިގްނަލްގެ ސަބަބުން އޭނާގެ ފޭނުންގެ މެދުގައިވަނީ ކުޑަވަރެއްގެ ބަހުސްއެއް އުފެދިފައެެވެ. އެއީ މި ފިލްމުގައި ރަންވީރްގެ ރޯލާއި ބެހޭގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު