މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަޅުލެވިފައިވާ ރަންތަކެއް ފެނިއްޖެއެވެ. މި ތަކެތި ފެނިފައިވަނީ އިންޑިޔާގެ ޗަޓިސްގަރު ސްޓޭޓުގެ ކޮންޑަގައޮން އަވަށުންނެވެ.

ކޮންޑަގައޮން އަވަށުގެ ކޯކޮޓީ އަދި ބެދުމާއާ ދެމެދުގައި އޮންނަ މަގެއް، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މި ރަންތައް ފެނިފައިވާއިރު، އެއާއެކު ރިހީގެ ބައެއް ބާވަތްތައް ފެނިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީބު ކަން ދިމާ ކުރި ގޮތުން، މި ތަކެތި ފެނިފައިވަނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ އެންމެ މީހަކަށެވެ. އޭނާއަށް މި ތަކެތި ފެނިފައިވަނީ ރުނބައެއް ނުވަތަ ކަންވާރެއް ފަދަ އެއްޗެއްގެ ތެރެއަށް އަޅާފައި ހުއްޓައެވެ. އެގޮތުން، ރުނބާގެ ތެރޭގައި 57 ރަން ފައިސާ ފޮއްޗާއި ރިހި ފައިސާ ފޮއްޗަކާއި ރަނުން ހަދާފައި އޮތް ކަންފަތުގައި ލާ އެތިކޮޅެއް ފެނިފައިވެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ތަކެތި ފެނިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި، އެތަކެތި ފެނިފައިވަނީ އަންހެން މަސައްކަތްތެރިއަކަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބިމުގެ އެތައް ތަނެއްގެ ދަށުގައި ވަޅުލެވިފައި އޮތް މި ރުނބާ ފެނުމުން، އެ މަސައްކަތު މީހާވަނީ އެރުނބާ އެހެން މަސައްކަތު މީހުންނަށް ދައްކާފައެވެ. އަދި، އެމީހުންވަނީ، އެސަރަޙައްދުގައި އާބާދުވެގެން ދިރިއުޅޭ އެހެން މީހުންނަށް، ރަނުގެ ބާވަތްތައް އަޅާފައި ހުރި ރުނބާ ދައްކާފައިކަމަށް މައުލޫމާތު ލިބެއެވެ.

މި ތަކެތި ކަމާ ބެހޭ ފަރާތަށް ހަވާލުކޮށްގެން ތަހުގީގު ކުރުމުން، މިއީ 12 ވަނަ ގަރުނުގެ ތަކެތިކަން އެނގިފައިވާއިރު، މިއީ އެދުވަސްވަރު ޗަޓިސްގަރުގައި ވެރިކަން ކުރި މީހުންގެ އެއްޗަކަށްވުން އެކަށީގެންވާކަމަށްވެއެވެ. އެދުވަސްވަރު އެސަރަޙައްދުގައި ވެރިކަން ކޮށްފައިވަނީ ޔާދަވް ދަރިކޮޅުގެ މީހުންކަމަށް ބުނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހ

    އިބްރާހީމް މުހައްމަދު ކަލޭވެސް ދިވެހި ބަސްދަސްކޮއްބަލަ. ބިމުގެ އެތައް ތަނެއް ދަށުަގަި މިއީ ކޯއްޗެއް. ބިމުގެ އެތައް ހިސާބެއް އަޑީގައި ދިވެހި ބަހުން ކިޔަނީ. ބޯހަލާކު ސަހާދެއް

  2. ޒާ

    އެބުނާ ދަރިކޮޅުގެ ވަންހައިންވެސް ނެތްތަމީހަކު އެތަކެތި ހޯދަން ދައުވާއެއްކޮށްލާކަށް.