މިއީ ޖެހިފައިވާ ބައްޔެއްގެ ސަބަބުން ފުރޮޅުލީ ގޮޑީގައި އިންނަން ޖެހިފައިވާ އަންހެނެކެވެ. ގިނަ ކަންތައްތައް ކުރުމަށް އޭނާ ވަަނީ މަހުރޫމްވެފައެވެ. އެހެން ނަމަވެސް އޭނާ އެންމެ ކުރާ ހިތްވާ އެއް ކަންތައް ކަމަށްވާ ސްކޫބާ ޑައިވިންގ ކުރުން ހުއްޓައެއް ނުލިއެވެ.

ސުއީ އައުސްޓަން ނަމަކަށް ކިޔާ އެ އަންހެން މީހާ މިހާރު ސްކޫބާ ޑައިވް ކުރަނީ ފުރޮޅުލީ ގޮޑީގައެވެ. އޭނާއަށް އެކަން ވަރަށް މަޖަލެވެ.

އޭނާ އެކަމަށް ބޭނުންކުރާ ޕްލާސްޓިކް ފިންސުތައް ހުންނަނީ އޭނާގެ ފުރޮޅުލީ ގޮޑީގައި ހަރުކޮށްފައެވެ. އެކަންތައް އޭނާކޮށްފައި ވަނީ ޑައިވް އެކްސްޕާޓުންގެ އެހީގައެވެ.

އޭނާ ފުރޮޅުލީ ގޮޑީގައި ސްކޫޑާ ޑައިވް ކުރާ މަންޒަރު ފެނިފައި އެތައް ބައެއްގެ ސަމާލުކަން އެ މަންޒަރުތަކަށް ހުއްޓުނެެވެ.

އައުސްޓަން ބުނިގޮތުގައި، އޭނާ ބޭނުންވަނީ މަސްތަކާއި އެކީ މޫދު ތެރޭގައި ފަތާ ހަދާލާށެވެ. އޭނާއަށް ބައްޔެއް ޖެހި ފުރޮޅުލީ ގޮޑިގައި އިންނަން ޖެހުނު ނަމަވެސް، އެންމެ ބޭނުންވާ ކަންތައް އޭނާއަށްވުމުގެ މަގު ތަނަވަސްވެ މޫދު އަޑީގައި އޭނާ ހޭދަކުރަމުންދަނީ އުފާވެރި ވަގުތުތަކެކެވެ.

މިއީ އެތައް ބަޔަކަށް އިބްރަތްތެރި ފިލާވަޅަކަށް ވެގެންދާނެއެެވެ. ތިމާއަކީ ނުކުޅެދޭ މީހެއް ނަމަވެސް، ތިމާއަށް ކުރެވޭނެ ކަންތައްތަކެއް ހުންނަކަން ދަނެގެން ކުރެވޭނެކަަން އައުސްޓަން އެ ވަނީ ސާބިތުކޮށްދީފައެވެ. އެކަމަށް ބޭނުންވާނީ ހިތްވަރެވެ. ކެރުމެވެ.

ކިޔުންތެރިންގެ ހިޔާލު