ސިރީ ދޭވީ އަކީ ބޮލީވުޑްގެ އެތަށް ފިލްމެއްގައި ހަރަކާތްތެރިވެ މޮޅު ހުނަރެއް ދައްކާދީފައިވާ، ގިނަ ބައެއްގެ ސަޕޯޓް ލިބިފައިވާ ފަންނާނެކެއެވެ.

54 އަހަރުގައި ސްރީ ދޭވީ މަރުވިއިރު އޭނާވަނީ ބޮލީވުޑަށް އެތަށް ހަނދާންތަކެއް ދޫކޮށްލާފައެވެ. ސްރީ ދޭވީ އަކީ އުމުރުން ވަރަށް ހަގު އިރުގައި ފިލްމީ ދުނިޔެއަށް ވަތް ފަންނާނެކެއެވެ.

ދުބާއީގައި އޮތް ކައިވެނި ހަފްލާއަކަށް އޭނާގެ އާއިލާއާއި އެކުގައި ގޮސް ހުއްޓައި ހާޓް އެޓޭކެއް ޖެހިގެން ސްރީ ދެވީ މަރުވި އިރު އޭނާ އެންމެ ފަހުން ނަގާފައިވާ ފޮޓޯތަކަށް ބަލައިލާނަމެއެވެ.

https://www.instagram.com/p/Bff9j1kBhM3/?taken-by=sridevi.kapoor

https://www.instagram.com/p/BeCk_HIB5Dg/?taken-by=sridevi.kapoor

https://www.instagram.com/p/BffFHTfBNO4/?taken-by=sridevi.kapoor

https://instagram.com/p/Bc1_CRfhuUb/?utm_source=ig_embed

https://www.instagram.com/p/BaiokUMBMt1/?taken-by=sridevi.kapoor

ސްރީ ދޭވީގެ އެންމެ މަގުބޫލު އަދި އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ސަދްމާ، ޗާންދްނީ، ހިންމަތުވަލާ، ޗާލްބާޒް، މިސްޓަ އިންޑިއާ، ނާގިނާ އާއި ގުމްރާހު އަދި މިނޫންވެސް އެތައް ފިލްމެއް ހިމެނެއެވެ.

ސްރީ ދޭވީ މަރުވުމާއި ގުޅިގެން ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން އޭނާގެ ސަޕޯޓަރުންނާއި މުޅި ބޮލީވުޑްއިން ދަނީ ހިތާމަ ފާޅުކޮށް އާއިލާއަށް ހިއްވަރު ދިނުމުގެ މެސެޖް ފޯރުކުރަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޮނޑާފުށީބޮޑުހުސޭނު

    އެދިޔައީ ރިލީސްކުރަން ހުރިފިލްމުތަކާއި ބެންކު އެކައުންޓުތަކާއި ދަރިންނާއި މުދާދޫކޮށްފަ ، ސުވާލަކީ ކޯއްޗެއްބާއޭ އެކޮޅަށް ގެންދަން ތައްޔާަރުކުރީ ، އެއްވެސް ހެޔޮކަމެއް ވޭބާއޭ ކަނާތްފަރާތުގެ މަލާއިކާގެ ފަތުގަ ، މިދުނިޔޭން ބަލާއައިސްތިބީ ކޮންފަދަ މަލާއިކަތުންނެއްބާވޭ ، ޔަގީނުންވެސް އެގޭކަމަކީ ކާފަރެއްގެ ގޮތުގައި މަރުވެދިޔަނަމަ ބަލާއަންނާނީ އަޒާބުގެ މަލާއިކަތުންކަން ، ތާއަބަދައްވާ އަޒާބެއްގެ ތެރެޔަށް ގެންގޮސް ލެވޭނެކަން ،

  2. ވޮއިސް އޮފް ހުވަދޫ

    އެދިޔައީ ފަހުގެ ފިލްމް ރިލީޒް ކުރަން ހެއްދެވި ﷲ ގެ ހަޝްރަތަށް އިވޭ އަޑުތަކުންނާއި ފެންނަމަންޒަރު ތަކުން މީނަގެ ފިލްމް ވާނީ ފުލޮޕަކަށް . ޝިރުކުގެ މަތީ މަރުވެއްޖެ މީހަކަށް ނަރަކަ ނޫން ތަނެއް ނެތް .

  3. މަރޭ

    ދޭވީ މީހަކު މަރުވީމަ އަހަރުމެން މުސްލިމުން ދެރަވޭ އެއީ އެމީހަކަށް ހެއުއެދޭތީ އަދި އެމީހަކު ސުވަރުގެ އަށް ދާން އެދޭތީ.ކަލޭ އަކީއަހަރުމެން ސަޕޯޓުކޮށް އުޅުނު މީަހެއް.

  4. ކެވިން

    އެއުރެން ދުނިޔަވީ ހަޔާތް އާރަސްތުކޮށް އާޙިރަތް ނަގާލައިފި. ދެން އެބައިމީނުންނަށްވާ ތަަނަކީ ޖަހަންނަމަ އެވެ. މެއި ށީ ރޯސްޓް އިން ހެލް ނައު ފޯ ކޮރަޕްޓިން ޕީޕަލް ....

  5. Anonymous

    Alhamdhulillah