ކުޑަ ކުއްޖެއްގެ ގޮތުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމަށް ފަހު، ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕާސްޓާރަށްވި ސުރިދޭވީގެ މަރުޚަބަރު ވެގެން ދިޔައީ ގިނަ ބަޔަކަށް ޝޮކެއް ކުރިމަތިވި ކަމަކަށެވެ.

Hey އުމުރުން 54 އަހަރުގައި ހިތް ހުއްޓުމުގެ ސަބަބަބުން މިދުނިޔެއާ ވަކިވެގެން ދިޔަ ސުރިދޭވީވަނީ ދުއިސައްތަ ހަތްދިހައަށްވުރެ ގިނަ ފިލްމްތަކެއް ކުޅެފައެވެ. ގިނަ ބަޔަކު ދަނީ އޭނާގެ އެންމެ ފަހުން ސުކްރީއިން ފެންނާނެ ފިލްމަކީ ކޮބާތޯ ސުވާލު އުފައްދަމުންނެވެ.

ވިހެއުމަށްފަހު ނެގި 15 އަހަރުގެ ބޮޑު ބުރޭކް އަކަށްފަހު ސުރިދޭވީ ދެވަނަ ފަހަރަށް ސުކްރީން އިން ފެނިގެން ދިޔައީ ގޯރީ ޝިންދޭގެ "އިންގްލިޝް ވިންގުލިޝް"އިންނެވެ. އެއީ 2015 ވަނަ އަހަރުގައެވެ. ގިނަ ބަޔަކަށް ސުރިދޭވީގެ އެންމެ ފަހު ފިލްމަކީ "މޮމް"ކަމަށް ހީކުރެވުނަސް، ސުރިދޭވީވަނީ އޭގެ ފަހުން ފިލްމެއް ކުޅެފައެވެ. މީޑިޔާ ރިޕޯޓްތަށް ބުނެފައިވަނީ "މޮމް"ގެ ފަހުންވެސް ސުރިދޭވާ ވަނީ "ޒީރޯ" ކިޔާ ފިލްމެއް ކުޅެފައެވެ. އަންނަންޑް އެލް ރާއީގެ "ޒީރޯ"އިން ޝާރުކް ޚާންއާއި ކެޓްރީނާ އަދި އަނުޝްވެސް ފެނިގެންދާނެއެވެ.

2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ޕަދްމާ ޝްރީ އެވޯޑު ލިބުނު ސުރީދޭވީވަނީ ހިންދީ ފިލްމުގެ އިތުރުން ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނަޑާ ފިލްމުތައްވެސް ކުޅެފައެވެ. ސްރީދޭވީ މަރުވިއިރު އޭނާގެ ފިރިމީހާ ބޮނީ ކަޕޫރާއި އަންހެން ދެދަރިން އެބަތިއްބެއެވެ. ދަރިފުޅު ޖާންވީ ބޮލީވުޑަށް ތައާރަފުވާ ފިލްމު ދަޑަކް މިއަހަރުގެ ތެރޭގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީ ފިލުމު ކުޅޭ މީހެއްތަ؟

    • ކާލެތި ފިލްމު ބަލާމީހެއްތަ؟ އެހެންވިމަ ނެނގުނީތި ގެގަ ފުއްޖަހައިގެން ކަވާބުކާން ތިބެ ނެސްޓަމް ބެނީންނަކަށ ްނޭނގެނެ