އެމެރިކާގެ އުތުރުގެ ސިޓީއަކަށް ނިސްބަތްވާ އުމުރުން 26 ގެ ނޯވާ ގެލެކްސިއާއަށް ޅަ އުމުރުގައި ދިމާވި ސިއްޙީ ހާލަތެއްގެ ސަބަބުން، މޫނުގައި އާދަޔާއި ޚިލާފަށް އިސްތަށި ދިގުވާން ފެށިއެވެ. މީގެ އެތައް އަހަރެއް ކުރިން އެ ހާލަތު ދިމާވުމުން އޭނާ އެކަން އެހެން މީހުނަށް ސިއްރު ކުރިނަމަވެސް، މިހާރު މިވަނީ ހާމަކަން ބޮޑު ގޮތަކަށް އެންމެނަށް ފެންނާނެހެން ތުނބުޅި ދިގުކުރަން ފަށާފައެވެ.

ނޯވާ ބުނިގޮތުގައި، އޭނާއަށް ސްކޫލް ދައުރުގައި ދިމާވި އެ ހާލަތުގެ ސަބަބުން އެތައް ކުދިންނެއްގެ މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާން ޖެހުނެވެ. އެކަމުގެ ސަބަބުން ކޮންމެ ދުވަހެއްގައި ސްކޫލަށް ދިއުމުގެ ކުރިން، ރަނގަޅަށް ތުނބުޅި ޝޭވްކޮށް، މޫނުމަތިން އިސްތަށި ނުފެންނާނެހެން ތައްޔާރުވާ ކަމަށާއި، އެގޮތަށް ކަންތައް ނުކުރެވޭ ދުވަސްތަކުގައި ލަދުން ސަލާމަތްވުމަށްޓަކައި ސްކޫލަށް ނުވެސް ދާކަމަށް ނޯވާ ބުންޏެވެ.

ނޯވާ ބުނިގޮތުގައި އޭނާގެ ދިރިއުޅުން ބަދަލުވީ، މީގެ އަހަރުތަކެއް ކުރިން ދިމާވި އޭނާގެ ލޯބިވެރިޔާގެ ސަބަބުންނެވެ. އެގޮތުން ދިމާވެފައިވާ ސިއްޙީ ހާލަތު ލޯބިވެރިޔާއަށް އެނގުމުންވެސް އެކަމާއި ޝަކުވާ ކުރުމެއް ނެތި ހިއްވަރުދެމުން ދިޔަކަމަށް ނޯވާ ބުންޏެވެ. އަދި އެއާއިއެކު، އެންމެނަށް ސިއރުކޮށްފައި އޮތް ހަޤީޤަށް ހާމަކޮށް މީސްމީޑީއާގައިވެސް ތުނބުޅި ދިގުކޮށްފައިވާ ފޮޓޯތައް ޢާންމުކުރަން ފެށީ ކަމަށް ނޯވާ ބުންޏެވެ.

ލޯބިވެރިޔާގެ ފަރާތުން ލިބުނު ހިއްވަރުން ހިއްވަރު ލިބިގެން މިހާރު ނޯވާ ބޭނުންވަނީ މޮޑެލްގެ ދާއިރާއިން ކުރިއަށްދާށެވެ. އަދި މިފަދަ ހާލަތުތައް ދިމާވެ މަލާމާތާއި ފުރައްސާރަ ލިބެމުންދާ ފަރާތްތަކަށް ހިއްވަރުދީ އުންމީދު އާކޮށްދިނުމަށް ބޭނުންވާކަން އޭނާ ހާމަކޮށްފައިވެއެވެ.

ފެޝަނެއްގެ ގޮތުގައި މިހާރު ނޯވާ ތުނބުޅި ދުކުރާއިރު، އޭނާ މިހާރު އެއްވެސް ވަރަކަށް ޝޭވް ނުކުރެއެވެ. އަދި ތުނބުޅި ދިގުކޮށް ބަހައްޓައި އެކަން ދެމެހެއްޓުމަށް މިހާރު ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮންމެވެސް ކުއްޖެއް

    ވަރަށް ދެރަ ތިކުއްޖާ އަށް ތިވީ ގޮއި. މާއި ރަސްކަލާނގެ އަވަސް ޝިފާ ދެއްވާޝި! އާމީން!

  2. މުޙައްމަދު

    ތިޔައީ އަންހެނެއްނޫން. ތިއަށް ކިޔަނީ ޚުންސާއިންނޭ..

  3. ސައިނީ

    ގިޔާމެއް ކާރިވެއްޖެ އަންހެން ފިރިހެން ވަކިކުރަން ނޭންގޭ ހިސާބައް މިދަނީ

  4. ސާޔަން

    ޔަގީންތަ ތީ އަންހެނެއްކަން ހީވަނީ ބެޔާއެއްހެން އިސްތަށި ނުފަޅަންވީ ހިސާބުގައިވެސް އެއިތީ ވިއްޔަ ފަޅާފާ ދޯ އަދުރޭ

    • ޟަހ×

      ސާބަސް ކަލެޔަށް، ކަލޭ ދަރިޔަކަށް ނުވަތަ އާއިލާ މީހަކަށް މިކަހަލަ ކަމެއް ވެޖެނަމަ ހަމަ ބުނާނީ ތިޔަހެންތަ؟.

  5. ކަނދޮޅު

    އެކަމު ދިވެހި ފިރިހެނުން ބަަލަނީ ބާލާ އޮމާންކުރެވޭތޯ