އިންޑިއާގައި ރޭލެއްގެ ތެރެއަށް އެެއްމާބަނޑު ދެ ކުދިން ވިހައިފިއެވެ.

އުމުރުން 30 އަހަރުގެ އަންހެނަކު އެ ދެ ކުދިން ވިހާފައި ވަނީ މުމްބާއި ކައިރިއަށެވެ. ރޭލް އޮފިޝަލުންނަށް އެ ރޭލު ތެރޭގައި އަންހެނަކު ވިހެއިކަން އެނގުމުން ރޭލް އެތަނަށް ހުއްޓުވިއެވެ. އަދި ޑޮކްޓަރުން އެ އަންހެން މީހާ ބަލާ ތިން މައިންގެވެސް ހާލު ރަނގަޅުކަމަށް ވަނީ ބުނެފައެވެ.

ސަލްމާ ނަމަކަށް ކިޔާ އެ އަަންހެން މީހާ ވިހެއި ވަގުތު ރޭލް ސްޓޭޝަން މެނޭޖަރާއި، ރޭލްވޭ ޕޮލިސް އޮފިޝަލުންނާއި، ސެންޓްރަލް ރެއިލްވޭ މެޑިކަލް ޓީމް ހަރަކާތްތެރިވިވިއެވެ.

ސަލްމާ ވިހާފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސަލްމާ ވިހާފައި ވަނީ އެ ރޭލަށް އެރިތާ މާގިނައިރުތަކެއް ނުވަނީސްއެވެ. އަދި ފަހުން ރޭލް އޮފިޝަލުންގެ އެހީގައި އެ އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ އަންހެން މީހާ ރޭލު ތެރެއަށް ވިހެއުމާއި ގުޅިގެން އެ ރޭލުގައި އެވަގުތު ތިބި މީހުން ދިޔައީ އަތްތިލަބަޑި ޖަހަމުންނެވެ. އަދި އެކަމާއި އުފާފާޅުކޮށް ގިނަ ބަޔަކު ލަވަވެސް ކި ކަމަށްވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ވިހާފައި ވަނީ އޭނާ ދާން ބޭނުންވާ މަންޒިލަށްވެސް ނުދެވެނީސްއެވެ. އޭނާ ވިހާފައި ވަނީ މިއަދު ވަރަށް ހެނދުނާއެވެ.

 

ކިޔުންތެރިންގެ ހިޔާލު