ބޮލީވުޑްގެ މަޝްހޫރް އެކްޓްރެސް ކެތުރީނާ ކައިފް އަށް މިއަދު 35 އަހަރު ފުރިގެން ދިޔައިރު، އޭނާގެ ހަޔާތުގައި ވެސް ތަފާތު އެތައް ކަންތައްތަކެއް ހިނގައިފައިވާނެކަން ގައިމެެވެ. އުމުރުގެ މިހާތަނަށް އައިއިރު ދިމާވި އެކި ކަންތައްތަކަށް ކުރިމަތިލިކޮށް މީޑިއާތަކާއި ހިއްސާ ކުރަމުން، ކެތުރީނާ މިވަނީ ސިންގަލްކޮށް ނުވަތަ ހުސްހަށިބަޔަށް ހުރުމުން އެމީހެއްގެ ނަފްސް ރަނގަޅަށް ދަސްވާކަމަށާއި ހަޔާތުގެ ލަނޑުދަނޑިތަކާއި ކުރަން ބޭނުންވާ ކަންތައްތައްވެސް އެނގޭނެ ކަމަށް ބުނެފައެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައިި ކެތުރީނާގެ ހަޔާތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށްވެސް އޭނާ ބުނެފައިވާއިރު، މި ދެ އަހަރަކީ ވަރަށް އުފާވެރި ދެ އަހަރު ކަމަށާއި ކުރިން އޭނާގެ އަމިއްލަ ނަފްސާއި މެދުގައި ނޭނގޭ އެތައް ކަންތައްތަކެއް މި ދެ އަހަރުގެ ތެރޭގައި ދަސްވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ސިންގަލްކޮށް ހުންނައިރު އަމިއްލަ ނަފްސާއި މެދު ކުރިން ނޭނގޭ ކަންތައްތައް ވެސް ދަސްވޭ. އަދި ކުރަން ބޭނުންވާ ކަންތައްތައްވެސް ޑިސްކަވާވޭ. މަސައްކަތުގެ ދާއިރާއަށް ބަލާލިއަސް، ފާއިތުވި ދެ އަހަރަކީ ވަރަށް ކާމިޔާބު އުފާވެރި ދެ އަހަރު. މިހާރުވެސް ދުވަސްކޮޅެއް ވެއްޖެ އަހަރެން އެންމެ ކުރަން ބޭނުންވާ ކަންތައްތަކާއި ވިސްނާތާ." ކެތުރީނާ މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

"ހަނދާން ނައްތާލުމާއި މައާފް ކުރުމަކީ ވަރަށް މުހިންމު ދެ ކަންތައް. މީހަކާއިމެދު ހުންނަ އިމޯޝަންސްތަކެއް ހިފަހައްޓައިގެން ހުންނަ ކަމުގައިވަންޏާ، އޭގެ ނޭދެވޭ އަސަރު ކުރާނީ ހަމަ އެމީހެއްގެ އަމިއްލަ ނަފްސަށް." އޭނާ އިތުރަށް ބުނެފައިވެއެވެ.

ސިންގަލް ދިރިއުޅުމެއް އުޅެމުންދާ ކެތުރީނާ ބުނެފައިވަނީ ވަގުތު ޖެހުމުން ލިބެން އޮތް ލޯތްބެއް ލިބޭނެ ކަމަށާއި ސިންގަލްކޮށް މި ހުރި ދުވަސްތަކުގައި އޭނާގެ އަމިއްލަ ނަފްސް ދަސްކޮށްލުމަށް ވަރަށް ބޮޑު ބާރެއް ލިބިގެން ދިޔަ ކަމަށެވެ.

އެހެންކަމުން، މިފަހަރު ސިންގަލްކޮށް ތިބި ކުދިންނަށް ކެތުރީނާ މި ދިނީ އުފާވެރި ޚަބަރެއް ނޫން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބާލަމް

    ތިޔައީ އުފާވެރި ޚަބަރެއް ނޫން

  2. ހުސޭނުބޭ

    އެކޮއި ކާވެނި ނުކުރިޔަސް ކައިވެނީގެ ބައެއް އުފާ ހާސިލްކުރީތީވެ އެވާހަކަކަން ނޭގޭ!

    • އ.ޖ.އ

      ކައިވެނި ނުކޮށް ކައިވެނީގެ އުފާ ހާސިލް ކުރެވޭތަ؟

  3. ޔާކޮ

    ހަހަހާަ ☺?