އެމެރިކާގެ މަޝްހޫރް ލަވަކިޔުންތެރިޔާ ނިކް ޖޯންސްއާއި ބޮލީވުޑް އަދި އިންޓަނޭޝަނަލް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާގެ ލޯބީގެ ފަލަ ސުރުޚީތައް ދުވަހަކަށްވުރެ ދުވަހެއް މީޑިއާތަކުގެ ވައިގައި ހިފަމުންދާއިރު، އަނެއްކާވެސް މިއޮތީ ބޮޑު ސިހުމެއް ގެނުވާނެ ވަރުގެ ކަމެކެވެ. މި މަހުގެ 18 ވަނަ ދުވަހު ޕްރިޔަންކާއަށް 36 އަހަރު ފުރުމުގެ މުނާސަބަތު، ކުލަގަދަކޮށް ފާހަގަކޮށް ދިނުމަށް ބިޒީ ޝެޑިއުލެއްގައި ދިރިއުޅެމުން އަންނަ އޭނާގެ ލޯބިވެރިޔާ ނިކް މަސައްކަތްކުރާ ވާހަކައެވެ.

މަސައްކަތްތައް ގިނަކަމުން ނިޔުޔޯކުން ބޭރަށް ނިކްއަށް ދެވެން ނެތްކަމުގައިވިޔަސް، އޭނާގެ އެއްވެސް ހާސްކަމެއް ނެތެވެ. ސަބަބަކީ އޭނާގެ ލޯބިވެރިޔާ ޕްރިޔަންކާ މިހާރު އޭނާގެ ގާތަށް ނިޔުޔޯކަށް ގޮސްފައިވާއިރު، ނިކްގެ މަސައްކަތަށް ހުއްޓުމަކަށް ގެނައުމަށްފަހު، މި ދެލޯބިވެރިން ޕްރިޔަންކާގެ އުފަންދުވަހުގެ މުނާސަބަތުގައި "ރޮމޭންޓިކް ޑޭޓަކަށް" ގްރީސްއަށް ދިޔުމަށް ހަމަޖެހިފައިވާތީއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ޕްރިޔަންކާގެ އުފަންދުވަހުގެ ތައްޔާރީތައް މިހާރުވެސް ނިކް ދަނީ ވަމުންނެވެ. ބުކިންގެ ކަންތައްތައްވެސް މިހާރު ނިމިފައިވާއިރު، މި ދެލޯބިވެރިންގެ އުފާވެރި މަންޒިލަކަށް ވެފައިވަނީ ކޮންތަނެއްކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް އެއީ ޕްރިޔަންކާ އެންމެ ގަޔާވާ ގޮނޑުދޮށް އޮންނަ މަންޒިލްކަން ވަނީ ބައެއް ރިޕޯޓްތަކުގައި ބުނެފައެވެ.

ނިކްއާއި ޕްރިޔަންކާ ދިމާވެފައިވަނީ "މެޓް ގާލާ 2017" ގެ ތެރެއިންނެވެ. އޭގަފަހުންވެސް ބްރެޒިލްގައި އޮތް މިއުޒިކް ފެސްޓިވަލަކަށް މި ދެ ލޯބިވެރިން އެކުގައި ހާޒިރުވެފައިވާއިރު، މި އަހަރުގެ މެއި މަހުން ފެށިގެން މި ދެ ފަންނާނުންގެ ލޯބީގެ ސަފްހާތައް ލިޔެވެމުންދެއެެވެ. އަދި މި މަހުގެ ތެރޭގައި ދެމީހުން އެންގޭޖް ވާނެކަމަށްވެސް އަޑުފެތުރިފައިވެއެވެ. މީގެން އެއްވެސް ވާހަކައެއް ދެމީހުން ކުރެ އެކަކުވެސް ދޮގުކޮށްފައި ނުވާއިރު، އަދި މި ވާހާކަތަކާއި ވިއްދައިގެން އެއްޗެކޭ ބުނެފައެއްވެސް ނުވެއެވެ. އަދި ހަމައެހެންމެ، ދާދިފަހުން ޕްރިޔަންކާ ވަނީ އޭނާގެ މަންމައަށްވެސް ނިކް ތައާރަފް ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖްވާ

    މި ނިކްޖޯނާސް އަކީ ކުޑަކުޑަ ގޮަލަޔެއް! ޕްރިޔާންކާ އަށް ވުރެ 10 އަހަރު ހަގު މީހެއް! ފިސާރި ހިފި ނުހުރެވިގެން ބައިވަރު ސެލެބްރިޓީސް ތަކާ އެއްކޮށް ޑޭޓް ކޮށްކޮށްފަ އުޅެމުންދާ މީހެއް، ދެން މަސްހޫރު ކަމެއް ލިބުނީމަ!

  2. ލޮލި

    ސުނީ ވެސް ވަރަށް ތާށް ޔާރުވޭބަ