މަޝްހޫރް ޑްރާމާ ސީރީޒް "ޔޭ ހޭ މޮހޮއްބަތައިން" އިން އާންމުންގެ ބޮޑު ތަރުހީބެއް ހޯދި އެޑްރާމާގެ ލީޑް އެކްޓްރެސް ދިވްޔަންކާ ޓްރީޕާތީ އާއި އޭނާގެ ފިރިމީހާ އެކްޓަރު ވިވޭކް ދާހިޔާ ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިންމާލައިފައި އިއްޔެ ފުރައިފިއެވެ.

ވިވެކްއާއި ދިވްޔަންކާގެ ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެ އައިސް މި ދެމަފިރިން ރާއްޖައި ޗުއްޓީ ހޭދަކޮށްފައިވާއިރު، މި ދެމީހުން މަޑުކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ރިސޯޓް ޖުމައިރާ ވިޓަވެލީގައި ކަމަށް މައުލޫމަތު ލިބެއެވެ.

2016 ވަނަ އަހަރުގެ ޖުލައި މަހުގެ އަށްވަނަ ދުވަހު ވިވޭކް އާއި ދިވްޔަންކާ ކައިވެނީގެ ގޮތުން ގުޅިގެން ދިޔައިރު، މިފަހަރުގެ އެނިވާރސަރީ ފާހަގަކުރުމަށް ރާއްޖެ އައި މައިގަނޑު ސަބަބަކީ ދެމީހުންވެސް ގުދުރަތީ ލޯބިކަމަށް ލޯބިކުރާތީ ކަމަށް ވިވެކް މީގެކުރިން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

އުމުރުން 33 އަހަރުގެ ވިވޭކް ފިލްމީ ދާއިރާގައި 2011 ވަނަ އަހަރުންފެށިގެން ހަރަކާތްތެރިވަމުން ދާއިރު، އޭނާގެ އަނބިމީހާ ދިވްޔަންކާ ވަނީ 2003 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި ހަރަކާތްތެރިވާން ފަށައިފައެވެ. އަދި ފާއިތުވި އަހަރު ސްޓާ ޕްލަސްއިން ގެނެސްދިން ޑާންސް ޝޯ ނަޗް ބަލިޔޭ 8 ގައިވެސް މިދެމަފިރިން ވަނީ ބައިވެރިވެ ޝޯ ކާމިޔާބު ކޮށްފައެވެ.

ވިވޭންކްއާއި ދިވްޔަންކާ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ބައެއް ފޮޓޯތައްވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙިޔު

    އިއްޔެ ނޫން ފުރީ
    މިހާރު 4ދުވަސް ވެއްޖެ

  2. ރާނީ

    މިއަދުތަފުރީ އެމީހުން