ބޮލީވުޑްގެ ފިލްތައް ބަލާފަރާތެއް ނަމަ، ކުޅަދާނަ އެކްޓްރެސް ކަރެންޖިޓް ކައުރް ނުވަތަ އާންމު ނަމުންނަމަ، ސަނީ ލިއޯން އަކީ އައު މޫނަކަށް ނުވާނެކަން ގައިމެވެ. ކެރިއާގެ މަސައްކަތްތަކަށް އިސްކަންދޭ ސަނީ ލިއޯން އަކީ އާއިލީ ގުޅުމަށްވެސް ނުހަނު އިސްކަންދޭ ބަތަލާއެކެވެ. އެގޮތުން ދާދިފަހުން އޭނާ އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓްކުރި އޭނާއާއި އެޑޮޕްޓް ދަރިފުޅު ނިޝާއާއި އަދި ފިރިމީހާ ޑޭނިއަލް ވެބާގެ ފޮޓޯ މިކަމުގެ ހެއްކަކަށް ފުދެއެވެ.

"މީގެ އަހަރެއް ކުރިން އަހަރެމެންގެ ބެލުމުގެ ދަށަށް (ނިޝާ) ގެނައުމުން ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ބަދަލުވެގެން ދިޔަ. މިހާރު އޭގެފަހުން އަހަރެއްވީ. އެކަމަކު އަހަރެންނަށް އިހްސާސް ކުރެވެނީ އަހަރެމެންނަށް (ނިޝާ) މުޅި އުމުރުދުވަހުވެސް އެނގެޔޭ. (ނިޝާ) ތީ މި ދުނިޔެމަތީގައި ހުރި އަހަރެންނަށް އެންމެ ރީތި ކުއްޖާ. ވަރަށް ބޮޑަށް ލޯބިވޭ!" ސަނީ ލިއޯން އޭނާ ޕޯސްޓްކުރި ފޮޓޯގެ ތިރީގައި ލިޔެފައިވެއެވެ.

ސަނީ ލިއޯން ޕޯސްޓްކުރި މި އާއިލީ ފޮޓޯގައި އެއްވެސް ކުލަވަރެއްނެތި، ހުދާއި ކަޅުކޮށް ހުރިނަމަވެސް، އެންމެންގެ މޫނުމަތިންވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ފެނިގެންދެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސަނީ ލިއޯންއާއި އޭނާގެ ފިރިމީހާ ޑޭނިއަލް ނިޝާ އެޑޮޕްޓްކުރަން ނިންމާފައިވާއިރު، އޭރު މި ދެމަފރިންގެ އިތުރު ދަރިއަކު ނުހުރެއެވެ. ނަމަވެސް މިދިޔަ މާރިޗް މަހުގެ ތެރޭގައި ސަނީ ލިޔޯން ވަނީ އެ އާއިލާއަށް ޓުވިންސް ދެ ފިރިހެން ކުދިން އިތުރުވާ އުފާވެރި ޚަބަރު އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަފްރީމް

    ކުރީގެ ފޮޓޮއެއް ލީނަމަނު؟؟؟

  2. ޖައިލަމް

    އޯ ސަނީ... މައި ޑިޔަ ސަނީކޯ... ޕުލީސް ޕުލީސް އެޑޮޕްޓް މީ... މަ ބޭނުން ސަނީ އަށް ލޯބިން މާމް އޭ ގޮވާލާ ލޯބިން ބައްދާލަން... އޯ ސަނީ މާމް... އިޓްސް މީ ޖައިލަމް... ޔޯ އޮންލޯ ކަޅުސޮރު އޭ...

    • ރައީސް

      ޖައިލަމް ލަވް ޔޫ

      • ނާއިބު ރައީސް

        މީ ޓޫ

    • ސަލް

      ޖައި އައިލަވް ޔޫ އަހަރެން ޖައި އެޑޮޕްޓް ކޮއްފާނަން

  3. ލޮލި

    ހެދުން ވެސް ނުލާ

    • ހުސޭނުބޭ

      ކަލޯގެޔާ! އެބުނާހެން......... ކޮބައިތަ ފޮޓޯގެ ފަހަތުބައި؟