އިންޑޮނޭޝިޔާގައި ކިނބުލެއް މީހަކު މަރާލި މައްސަލާގައި މީހުން ތަކެއް އެއްވެ 300 އެއްހާ ކިނބޫ މަރާލައިފިއެވެ.

އިއްޔެގެ ވަގުތެއްގައި ކިނބޫ ފެންގަނޑަކަށް ވެއްޓުނު މީހަކަށް ހަމަލާދީ މަރާލި މައްސަލާގައި، ބަދަލު ހިފުމުގެ ގޮތުން ބޮޑު ގުރޫޕެއް އެއްވެ 296 ކިނބީ ވަނީ މަރާލާފާއެެވެ. އޭގެ ތެރޭގައި އެންމެ ކުޑަ ކިނބޫވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ކިނބޫ ފާމްގެ ތެރެއަށް ވެއްޓުނީ، ވިނަ ނޮޅަން ހުއްޓާއެވެ. އޭނާ ވެއްޓުމާއެކު ކިނބުލެއް ވަނީ އޭނަގެ ހަށިގަނޑުގައި ދަތް އަޅާ މަރާލިއެވެ.

ކިނބުލަކީ އެ ގައުމުގެ ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ.

އެ ކިނބޫ ފާމް ހުންނަ ހިސާބާއިމެދު އަބަދުވެސް ގިނަ ބަޔަކު ހިތްހަަމަނުޖެހޭއިރު، އިއްޔެގެ ހާދިސާއަށްފަހު މީހުން ވަނީ އެ މީހާ މަރާލި މައްސަލާގައި ބަދަލު ދިނުމަށް ގޮވާލާފައެވެ. އަދި އެކަމާއި، މަރުވި ފިރިހެން މީހާގެ އާއިލާއާ ލޯކަލް ކޮންޒަވޭޝަން އެޖެންސީން ވަނީ ވާހަކަދައްކާފައެވެ.

އެހެން ނަމަވެސް 100 އެއްހާ މީހުން އެއްވެ ވަޅި އާއި އަދި އެ ނޫނަސް ތޫނު ހަތިޔާރު ހިފައިގެން އެ ފާމް ތެރެއަށް ގޮސް ކިނބޫތަަ ވަނީ މަރާލާފައެވެ. އަދި އެ މީހުންގެ ހަމަލާތައް ނުހުއްޓުވުނުކަމަށް ލޯކަލް ކޮންޒަވޭޝަން އެޖެންސީ އާއި ފުލުހުންވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެ މަންޒަރު ފެނުނު މީހުންނާއި ވާހަަކަދައްކައިގެން، އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ބަޔަކަށް ފިޔަަވަޅު އަޅާނެ ކަމަށެވެ.

މިިދިޔަ މާރިޗް މަސް ތެރޭގައިވެސް މީހަކު މަރާލި މައްސަލައެއްގައި ކިނބުލެއްގެ ގަޔަށް ބަޑި ޖަހާ ވަނީ މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖިންނި

    ހަމަ ހެޔޮކޮށް ތިޔާހެދީ

  2. ހުސޭނުބޭ

    ހަމަ ރަގަޅު. ޤިޞާޞް ހިފަންޖެހޭނެ.

  3. ހިއްވަރު

    ގޯހެއް ނޫން. މިއަދު ގިނަ ގައުމުތަކުގައި އިންސާނުންނަށްވުރެ ޖަނަވާރުންވެސް ހިމާޔަތްލިބޭލެއް ބޮޑު.

  4. ޔާޔާ

    ރަނގަޅަށް ތިކަންތައް ކުރީ.