ތައިލޭންޑްގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައިތިބި ކުދިން ސަލާމަތް ކުރުމަށް ހަރަކާތްތެރިވި ޑައިވަރެއް ކަމުގައިވާ އިނގިރޭސި ވިލާތަށް ނިސްބަތްޗާ ވާނޮން އަންސްވޯތު އަކިީ ކުޑަކުދިންނާ ބެހޭ މީހެއް ކަމުގައި މަޝްހޫރު ބިލިޔަނަރ އެލޮން މަސްކް ސިފަކޮށްފައެވެ.

މަސްކް މިގޮތަށް ބުނެފައިވަނީ ތާށިވި ކުދިން ސަލާމަތް ކުރުމަށް އެހީތެރިވުމުގެ ގޮތުން ސަބްމެރިންއެއް ފޮނުވައިގެން ބިލިއަނަރު އެލޮން މަސްކް ބޭނުންވީ ޕީއާރް ސްޓަންޓެއް ޖައްސާ މީހުންގެ ސަމާލުކަމާއި މަގުބޫލްކަން ހޯދަން ކަމަށް ވާނޮން ބުނުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުން އިއްޔެ ކުރި ޓްވީޓެއްގައެވެ. 22 މިލިޔަން ވުރެ ގިނަ މީހުން ފޮލޯ ކުރާ މަސްކްގެ ރަސްމީ އެކައުންޓްއިން ކުރި މިޓްވީޓްވަނީ އިރުކޮޅެއް ތެރޭގައި ޑިލީޓްކޮށްލާފައެވެ.

މަޝްހޫރު ޓެސްލާ ކުންފުނީގެ ސީއީއޯ ވަނީ މިކުދިން ހޮހޮޅައިގައި ތާށިވުމުން ކުޑަ ސަބްމެރިންނެއް ހިފައިގެން ހޮހޮޅަ ހުރި ސަރަހައްދަށް ފޮނުވާފައެވެ. ނަމަވެސް ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިއީ އެހޮހޮޅައިގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

މަސްކްގެ ޓްވީޓަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، މިކުދިން ސަލާމަތް ކުރި ޑައިވަރުންނަށް ގިނަ ބައެއްގެ ތަޢުރީފްދަނީ އޮހެމުންނެވެ. އަދި ވާނޮން އަންސްވޯތު ވަނީ މަކްސް އާ ދެކޮޅަށް ދަޢުވާ ކޮށްފާނެ ކަމަށްވެސް ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބާނިޔޫސޭ

    ކުދަކުދިންނާ ބެހޭތީތާ މަރު އަތްމައްޗަށް ލައިގެން އެނުރައްކާތެރި މަސައްކަތް އެކުރީ. ދެން ރަނގަޅުވާނީ އެކި ތަންތަނުގަ ތިބޭ ފިނޑިން ހޮހަޅައިން ކުދިން ސަލާމަތްކުރި ބަޠަލުން އެކި ގޮތްގޮތުން ބަދުނާމު ކުރެވޭތޯ ބެލިއްޔާ. އޭރުން މަސައްކަތުގެ އަގު އެ އަދާކުރެވުނީ.

  2. މާސްކް

    މީހަކަށް ލާރި ގަޑެއް ލިބުނީ ތާއެވެ؟

  3. ހުސޭނުބޭ

    މީނަ ކުޑަކުދިންނާ ބެހެން ބޭނުންވާލެއް ބޮޑުކަމުން ދައްކާއުޅޭ ވާހަކައެއް!

  4. ޒާ

    އެވަރުގެ މަސައްކަތުން އެކުދިން ސަލާމަތް ކުރީމާވެސް އެކަން ކޮށްދިންމީހުންގެ އަބުރު ނަގާލެވޭތޯ ބަލަނީ ބައެއްމީހުން އެކަމަށް ބޭނޭހިތުން.