ބާރުގަދަ ބިންހެލުމެއް އައުމުގެ ދިހަ ސިކުންތު ކުރިން ބިންހެލުމެއް އަނަން އުޅޭކަން ބުޅާތަކަށް އެގި ބުޅާތަކުގެ އަމަލުތަށް ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

މި ވީޑިއޯއިން ފެންނަނީ މިދިޔަ މަހު ޖަޕާނުގެ އަވަށަކަށް ބާރުގަދަ ބިންހެލުމެއް އައި ވަގުތު ކެފޭއެއްގައި ތިބި ބުޅާތަކެއް ބިންހެލުން އައުމުގެ ދިހަ ސިކުންތު ކުރިން މުޅި ކެފޭ ތެރޭ ދުވެ ނަގާތަނެވެ.

މި ވީޑިއޯއިން ސާފުކޮށް ފެންނަ ގޮތުގައި ބިންހެލުމުގެ އައުމުގެ ކުޑަ އިރުކޮޅެއް ކުރިން ބުޅާތަށް ކުއްލި ހަރަކާތްތަކެއް ގެނުވައެވެ. މި ބިންހެލުމުގައި ކެފޭގެ ތެރޭގައި ތިބި އެއްވެސް ބުޅަލަކަށް އަނިޔާއެއްްވެފައެއް ނުވެއެވެ.

ޖަޕާނުގެ އޮސާކާއަށް މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އައި މި ބިންހެލުމުގައި ފަސް މީހުން މަރުވެ އެތަށް ތަނަކަށް ބޮޑެތި ގެއްލުން ތަކެއް ވިއެވެ.

އާންމުކޮށް ޖަނަވާރުންތަކަކީ ބިންހެލުން ދެނެގަންނަ ބައެކެވެ. މީގެ އެއް މިސާލަކީ 2004 ވަނަ އަހަރު އިންޑޮނޭޝިޔާގެ ސުމަޓްރާ އަށް ބާރުދަގަ ބިންހެލުމެއް އައުމުގެ މަދު މިނިޓް ތަކެއްގެ ކުރިން އިންޑޮނޭޝިޔާގެ ޖަންގައްޔެގައި ތިބި ގިނަ އަދަދެއްގެ ޖަނަވާރުތަށް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަރައިގަތުމެވެ.

ޖަޕާނަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން މިފަދަ ކާރިސާތަކަށް އެންމެ ރަނގަޅަށް ތައްޔާރުވެގެން އޮތް ޤައުމެވެ. ތައްޔާރުވެފައި ވާ މިންވަރާއި، ތައްޔާރީތަކުގެ ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް ފެންވަރަށް ބެލިޔަސް ދުނިޔޭގެ އެންމެ މަތީ ފަޑީގައި އޮތް ޤައުމެވެ.

ޖަޕާނަށް މީގެ ކުރިން 2011 ވަނަ އަހަރުގެ މާރިޗް މަހުގެ 11 ވަނަ ދުވަހު ކަނޑުގެ އަޑިން 30 ކިލޯމީޓަރު އަޑިން އައި 9.0 ގެ ބާރު ބިންހެލުމާ ގުޅިގެން އައި ސްނާމީގައި ޖަޕާނުން ވަނީ 15891 މީހުން ވަނީ މަރުވެފައެވެ. އަދި 6152 މީހުން ވަނީ ޒަހަމް ވެފައެވެ. މިއީ 1900 ވަނަ އަހަރަށް ފަހު ދުނިޔެއަށް އައި ހަތަރުވަނަޔަށް އެންމެ ބާރުގަދަ ބިންހެލުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާއި

    ޥަލުޖަނަވާރުތަކަށް ކުކުޅުހާލަ ޖިންނި ޝައިޠާނުންނާއި މަލާއިަކަތުން ފެނޭ. އަދި އެތަކެއްޗަ އެހެނިހެން އަޑުތައްވެސް އިވޭގޮތަށް ލައްވާފައިވަނީ